ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް މުޖުތަމަޢު އަހުލުވެރިކުރުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އާއި ހއ. މުރައިދޫ ކައުންސިލް ގުޅިގެން އެ ރަށުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

މި ޙަރަކާތްތަކުގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ހދ. ޕޮލިސް، މުރައިދޫ ކައުންސިލް އަދި މުރައިދޫ ސްކޫލް ގުޅިގެން އެއް ދުވަހުގެ ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ.

Ad
rt

މި ސެޝަންތައް އަމާޒުކޮށްފައިވަނީ ބާރަށު ސްކޫލުގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށާއި، ބެލެނިވެރިންގެ އިތުރުން އެ ރަށުގެ މުއައްސަސާތަކުގެ ވެރިންނަށެވެ.

މި ސެޝަންތަކާ ގުޅޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ބުނީ، މި ސެޝަންތަކަކީ ޢަދުލުގެ ޤާނޫނަށް ހޭލުންތެރިކުރުވުމަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މުޅި މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށެވެ.

މީގެ އިތުރުން، ދީނީ ނަޒަރަކުން ދަރިން ތަރުބިއްޔަތު ކުރުމަށް މީހުން ހޭލުންތެރިކުރުވުމަށްޓަކައި، ޚާއްޞަ ދީނީ ދަރުހެއް ވެސް މުރައިދޫގައި ބާއްވާފައިވެއެވެ. އިސްލާމީ ނަޒަރިއްޔާތުން ދަރިން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢުގެ ދައުރާއި ގުޅޭގޮތުން ދަރުސް ދެއްވީ، މި ނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިޔުރިޓީ ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ޑެޕިޔުޓީ މިނިސްޓަރު އައްޝައިޙް ޠާހާ ނަޢީމެވެ.

މުރައިދޫގެ ރައްޔިތުން ބައިވެރިކޮށްގެން އެކި ސެޝަންތަކަށް ބަހާލައިގެން، ކުރިއަށް ގެންދެވުނު މި ޕްރޮގްރާމަކީ، ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށް، ޤާނޫނީ ގޮތުން އެ ކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް އެ ރަށުގެ ހުރިހާ އެންމެން ވެސް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ސާބިތުކޮށްދިން ޕްރޮގްރާމެކެވެ.