އިންސާނުންގެ ސިފައަށް ފަރުމާކޮށްފައިވާ ހިއުމަނޮއިޑް ރޮބޮޓެއް ކަމަށްވާ "މެކްސް" ނަމަކަށް ކިޔާ އާ ރޮބޮޓެއް މެޓާއިން އިއުލާންކޮށްފިއެވެ.
ޗައިނާގެ ރޮބޮޓިކްސް ކުންފުންޏެއް ކަމަށްވާ ފޫރިއަރާއެކު ހިންގި މި ޕާޓްނަޝިޕްގެ ދަށުން މި ޕްރޮޓޯޓައިޕް ތަރައްގީކޮށްފައިވަނީ އެންމެ ތިން މަސް ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައެވެ.
ގާތްގަނޑަކަށް 48 ކިލޯގެ ބަރުދަން ހުރި އަދި ފަސް ފޫޓުގެ އުސްމިން ހުރި މި ރޮބޮޓުގައި ފަސް އިނގިލި ލިބިފައިވާ އަތްތަކަކާއި، ބިލްޓްއިން ސްޕީކަރުތަކުގެ އިތުރުން މޫނުގެ އަސަރުތައް ދައްކުވައިދޭ ޑިސްޕްލޭއެއް ހިމެނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މެކްސްއަކީ ފޫރިއަރ ކުންފުނީގެ ކުރީގެ ރޮބޮޓްތަކުގެ ޑިޒައިނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން އުފައްދާފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް މިއީ މެޓާގެ ހާއްސަ ބޭނުންތަކަށް ފެތޭގޮށް ފޫރިއަރގެ ހާޑްވެއަރ އަދި ތަޖުރިބާގެ މައްޗަށް ބިނާކޮށް ހާއްސަ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ރޮބޮޓެކެވެ.
މި ރޮބޮޓް ފަރުމާކޮށްފައިވަނީ އިންސާނުންނާ އެކި ގޮތްގޮތުން މުއާމަލާތް ކުރެވޭ ފަދަ ގޮތަކަށެވެ. އެގޮތުން މީހުންގެ އަޑު ދެނެގަތުމާއި، ތިން މީޓަރު ދުރުން އަތުން ކުރާ އިޝާރާތްތައް ދެނެގަތުމުގެ ގާބިލުކަން މެކްސްއަށް ލިބިގެންވެއެވެ. މީގެ އިތުރުން، ވާހަކަ ދެއްކުމާއި، ވިސްނުމާއި، އަޑުއެހުން ނުވަތަ ކަމެއް ސާފުނުވެ ހުރުން ފަދަ ހާލަތްތައް އަންގައިދިނުމަށް ލޯ މަރައި ހުޅުވުމާއި ނަޒަރު ހުއްޓައިގެން ހުރުމުގެ ގާބިލުކަން ވެސް މި ރޮބޮޓުގައި ހިމެނެއެވެ.
މެކްސް މަސައްކަތްކުރަނީ އެnvidia ގެ ޖެޓްސ ތޯ ކޮމްޕިއުޓިންގ ޕްލެޓްފޯމަށެވެ. މެޓާގެ ރޮބޮޓިކްސް ޑިވިޜަނުން ދެކޭގޮތުގައި މެކްސްއަކީ އެ ކުންފުނީގެ އޭއައި އޭޖެންޓް ކަމަށްވާ "މިއުޒް" ގެ ފިޒިކަލް ސިފައެކެވެ. މި މަޝްރޫޢުގެ ބޭނުމަކީ ސްކްރީންތަކުގެ ބޭރުން ފިޒިކަލް ދުނިޔޭގައި އޭއައި އަށް މަސައްކަތްކުރެވޭނެ ގޮތް ހެދުމެވެ. މި ރޮބޮޓުގެ ދެވަނަ ވާޝަނެއްގެ މަސައްކަތް ސެޕްޓެމްބަރު މަހު ފަށާފައިވާއިރު، އޭގެ ތެރޭގައި ހަށިގަނޑުގެ ބައިތައް އަލުން ފަރުމާކުރުމާއި، ސިޑިން އެރުމަށް ބޭނުންވާ ސެންސަރުތައް ހިމެނުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް ވިޔަފާރި އުސޫލުން ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދުވަސް ވަރަކީ، އޭއައި ދާއިރާގައި ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެކެވެ. ޗައިނާއިން ހިއުމަނޮއިޑް ރޮބޮޓް އުފެއްދުމުގައި ކުރިއެރުންތައް ހޯދަމުންދާއިރު، އެމެރިކާއިން ވަނީ ޗައިނާގެ އާ ރޮބޮޓްތައް އެތެރެކުރުމަށް ހުރަސް އަޅާފައެވެ.
ބާޒާރުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، ޓެސްލާގެ އޮޕްޓިމަސްގެ އިތުރުން ފގަރ އަދި 1އެކ ޓެކްނޮލޮޖީސް ފަދަ އެހެނިހެން ކުންފުނިތަކުންވެސް ދަނީ މި ދާއިރަށް ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!