ޗައިލްޑް އެބިއުޒްޕްރިވެންޝަން ސޮސައިޓީގެ ފަރާތުން، ހދ. ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން، ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ އެ ސޮސައިޓީން އިސްނަގައިގެން، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނކި ގޮތު މިއީ އެކި އުމުރުފުރާތަކުގެ ކުޑަކުދިންގެ އަޚްލާޤާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ތަފާތު ޙާލަތްތަކުގައި އެ ކުދިންނާ އެކަށީގެންވާ ގޮތެއްގައި މުޢާމަލާތްކުރާނެ ރަނގަޅު ގޮތްތަކާއި ގުޅޭ ގޮތުން ބޭއްވުނު ޕްރޮގްރާމެއް ކަމަށެވެ.

މީގެއިތުރުން ދަތި އުނދަގޫ ޙާލަތްތައް މެނޭޖްކުރާނެގޮތާއި، ރައްކާތެރިކަމާއި އެހީތެރިކަން ލިބޭނެ މާޙައުލެއް ބިނާ ކުރާނެ ގޮތް ޕްރޮގްރާމްގެ ބައިވެރިންނަށް އެނގިގެންދާނެކަމަށް ވެސް އެ ކައުންސިލުން ހާމަކުރައްވައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، އޮކްޓޫބަރު މަހުގެ 29 އިން 30ގެ ނިޔަލަށެވެ.

މި ދަތުރުގެ ތެރެއިން، ސޮސައިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު ބައްދަލުވުމެއް ބާއްވައި، ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.