ހއ. ތަކަންދޫ ކައުންސިލްގެ "ޝަހީދުޢަލީ ތަކުރުފާނު މެމޯރިއަލް ކަޕް 2026"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ ތަކަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކުޅިވަރު ފިއެސްޓާއެކެވެ. މި ފިއެސްޓާގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އަންހެނުންގެ ވޮލީ މުބާރާތާއި، ފިރިހެނުންގެފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރ 2026 ކަމަށް ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

Ad
rt

މީގެއިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުން، ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 ޑިސެމްބަރ 2026 ކަމަށް ވެސް އެ ކައުންސިލުން މައުލޫމާތުދެއްވައެވެ.

މި ފިއެސްޓާގައި ރަޖިސްޓްރީވުމަށް އެދޭ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމު އެ އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

މި މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އެ އިދާރާގެ ނަންބަރު 6500034 ފޯނާ ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް info@thakandhoo@gov.mv އަށް މެއިލް ކޮށްގެން ކުރިޔަށް ގެންދެވުމަށް އެ އިދާރާއިން އެދިފައިވެއެވެ.

25 ޑިސެމްބަރ 2026 އިން 05 ޖެނުއަރީ 2027ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކުޅިވަރު ފިއެސްޓާއަކީ ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ފަދައިން އިންތިޒާމްކުރާ މުބާރާތެއްކަން ކައުންސިލުން ފާހަގަކުރެއެވެ.

ކައުންސިލްގެ ކުޅިވަރު ފިއެސްޓާގެ އެންމެ ބޮޑު މަޤްޞަދަކީ، ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ރައްޔިތުން ރަށަށް އައިސް ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކޮށް، އުފާވެރި މަޖާ މާޙައުލެއްގައި ޗުއްޓީ ހޭދަކޮށް، ރަށަށް ދިރުން ގެނެސްދިން ކަމުގައި ތަކަންދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ.