ށ. މަރޮށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މިއީ މަރޮށީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. އަލް އަސްރު ޖަމިއްޔާގެ އެހީތެރިކަމާއެކު ''ލޯތަކުގެ ފިނިކަން'' މައުޟޫއަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވާނީ އައްޝައިޚް ސާޖިދް މުޙައްމަދެވެ.

Ad
rt

އެ ރަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 15 އިން 16 އަށެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު 14 އަހަރުން މަތީގެ ދެ ޖިންސުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އަދި ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ޚާއްޞަ ފުރުޞަތެއް ދިނުމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ވޯކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކައުންސިލް އިދާރާއަށް ހާޒިރުވެ ނަންނޯޓު ކުރެއްވުމުގެ އިތުރުން، ކައުންސިލްގެ ނަންބަރު 7516054 އަށް ފުރިހަމަ ނަން ވައިބަރ ކޮށްގެންވެސް ނަންނޯޓު ކުރެވޭނެ އިންތިޒާމު އެ ކައުންސިލުން ހަަމަޖައްސާފައިވެއެވެ.

މި ފުރުޞަތުގެ ދަށުން ނަންނޯޓުކުރުން މެންދުރުފަހު 14:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.