މާލޭގެ ގެއަކަށް ވަދެ ބަޔަކު ފޭރުނު މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ރޭގައެވެ.
''މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން'' ފުލުހުން ބުނެފަވެއެވެ.
މި ހާދިސާގެ އިތުރު މައުލޫމާތު ފަހުން ހިއްސާނެ ކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހާދިސާއާއި ގުޅިގެން މީސް މީޑިއާގައިދައުރުވާ ފުލުހުން އަދި ކަށަވަރުނުކޮށްދޭ މައުލޫމާތުގައިވާގޮތުން މާލޭ ގެއަކަށް ފޭރުމަށް ބަޔަކު ވަދެފައި ވަނީ މޫނު ނިވާކޮށްގެންނެވެ. އަދި އެމީހުން ތިން ލައްކައެއްހާ ރުފިޔާ ފޭރުނުކަމަށް ވެސް އެ މައުލޫމާތުގައި ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!