މެލޭޝިއާގައި މިއަދު ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެކެވެ.
މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެފައިވާ ކަން ދިވެހި ސަރުކާރުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ހާދިސާގައި ނިޔާވި ދަރިވަރުގެ އިތުރުން، އިތުރު ދިވެއްސަކު ވެސް އެ އެކްސިޑެންޓުގައި ޝާމިލުވާ ކަން މިހާތަނަށް ވަނީ އެނގިފަ އެވެ. އެހެންނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް ސަރުކާރުން ބުނެ އެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި، ދިރިއުޅުމުގެ އިތުރުން ޗުއްޓީ ހޭދަކުރުމަށް ވެސް ގޮސް އުޅޭ ގައުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!