މާލޭގެ ގޭގެއިން ކުނި އުކާލުމުގެ ހިދުމަތް ދެމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ގެނެސްދީފައިވަނީ އެކުންފުނީގެ ތަފާތު މުވައްޒަފެއްގެ ވާހަކައެވެ.

ހުޅުމާލޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ދިރި އުޅެމުން އަންނަ މުނީޒާގެ ވާހަކަ އެވެ. ވެމްކޯ އާއި ދާދި ފަހުން ގުޅުނު މުނީޒާ އާއި ހަވާލާދީ ވެމްކޯއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުރިން މުނީޒާ އުޅެމުންއައި ހެލްތު ސެކްޓަރގެ އޮފީސް ވަޒީފާ ދޫކޮށްލީ އަމިއްލަ ކަންކަމަށާއި ދަރިންގެ ކަންކަމަށް ވަގުތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. މިހާރު ދުވާލު ގަޑީގައި ދަރިންގެ ކަންކަން ކުރުމަށްފަހު ލިބޭ ހުސް ވަގުތު ތަކުގައި މުނީޒާ ދަނީ ހުޅުމާލޭގައި ކުނި އުކާލުމަށް ވެމްކޯގެ ޓީމާއި ގުޅި ތަފާތު ދައްކަމުންކަމަށެވެ.

Ad
rt

ވެމްކޯގައި މަސައްކަތް ކުރުމަކީ ކުރިން ނިންމާފައި އޮތް ގޮތެއް ނޫންކަމަށް ބުނަމުން މުނީޒާ ބުނެފައިވަނީ އެހެން ނަމަވެސް މިނިންމުމަކީ ފަހުރުވެރިވާ ނިންމުނެއް ކަމަށް ބުނެފައިވެއެވެ.

އާއިލާ އާއި ރައްޓެހިންގެ ފަރާތުން ވެމްކޯއާއި ގުޅޭ ވާހަކަ ބުނުމުން ފުރަތަމަ ފާޑުކިއުން އަމާޒުވި، ނަމަވެސް ވެމްކޯގައި މަސައްކަތް ކުރުމުގެ ވަގުތުގެ ފަސޭހަކަމުން މިގޮތައް ނިންމީ، އެންމެ ފުރަތަމަ ދަރިންގެ ކަންކަން،

މުނީގެ ތަޖުރިބާ ކިޔާދެމުން ބުނެފައިވެއެވެ.

މީގެ އިތުރުން މުނީ ބުނެފައިވަނީ ހުޅުމާލޭގައި މަސައްކަތްކުރާ ޓީމަކީ ވެސް މުނީގެ ހާލަތު އަންޑަސްޓޭންޑުވާ ޓީމެއް ކަމަށާއި ދިމާވާ ކޮންމެ ގޮންޖެހުމެއްގައި އެހީތެރިކަން ލިބޭކަމަށް ބުނެފައިވެއެވެ.

ވެމްކޯ އިން ބުނެފައިވަނީ މުނީޒާއަކީ ނަމޫނާ އެއް ކަމަށެވެ. ހިއްވަރާއި ސާބިތުކަމާއި އެކު މިވަޒީފާ ގަބޫލުކޮށް ވެމްކޯގެ ނަމޫނާ މުވައްޒަފެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ ލިބޭ އުފަލެއްކަމަށެވެ.

ވެމްކޯއިން މުނީގެ ވާހަކަ ފޭސްބުކް އަދި ޓުވިޓާރ އަށް ހިއްސާކޮށްލުމުން އާންމުންގެ ފަރާތުން އަންނަނީ މުނީގެ ހިއްވަރާއި މަސައްކަތަށް ތަޢުރީފު ކުރަމުންނެވެ.