ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މި މައްސަލަ ދިމާވުމާ ގުޅިގެން، މައްސަލަ ދެނެގަނެ ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

Ad
rt

މީގެއިތުރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.