ށ. ނޫމަރާ ކައުންސިލުން އިންތިޒާމްކޮއްގެން ކުރިއަށް ގެންދާ "ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026" އިއްޔެ ފަށައިފިއެވެ.
އެގޮތުން މުބާރާތުގައި ފުރަތަމަ ބައްދަލުކުރި "ކަތިރިޔަންސް" އަދި "ޗެމްޕިއަން" ގެ މެޗު ކާމިޔާބުކުރީ ޗެމްޕިއަން ޓީމެވެ.
ނޫމަރާ ކައުންސިލް ރައީސް އިބްރާހީމް ފުއާދު "ތިލަދުން"އަށް ވިދާޅުވީ، މި ފިއެސްޓާގައި ބޭއްވުމަށް ހަމަޖެހިފާ ވޮލީ މުބާރާތުގައި އަންހެން 3 ޓީމާއި، ފިރިހެން 3 ޓީމާއެކު ޖުމްލަ 6 ޓީމު ވާދަކުރާނެ ކަމަށެވެ.
ނޫމަރާ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފެށުން، ފޮޓޯ: ނޫމަރާ ކައުންސިލް
މުބާރާތުގެ އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖެހިފައިވާއިރު، ދެ ވަނައަށް ދާ ޓީމަކަށް ދިނުމަށް ކަނޑައަޅާފައިވަނީ 2،500 ރުފިޔާއެވެ.
މީގެއިތުރުން މުބާރާތުގެ އެކިއެކި މަޤާމްތަކަށް ޓްރޮފީ ދިނުމަށާއި ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވެސް ކައުންސިލުން ނިންމާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!