ށ. ފުނަދޫ ބިންހިއްކުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ގެ ކުރެހުމަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ހުޅުވާލައިފިއެވެ.
އެ ރަށު ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބިން ހިއްކާ ސަރަޙައްދު ފާހަގަކޮއްފައިވާ އެ ރަށުގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު، އެ ކައުންސިލުން ބުނެފައިވަނީ، އެ ކުރެހުމާ ގުޅިގެން، އެއްވެސް ޚިޔާލެއް، މަޝްވަރާއެއް ނުވަތަ ކަންބޮޑުވުމެއް ވާނަމަ އެ އިދާރާއާ ޙިއްޞާ ކުރުމަށެވެ.
އެ ގޮތުން، ރައްޔިތުންގެ ޙިޔާލުތައް، އެ ކުރެހުމާއެކު ހިމަނާފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުން އެދިފައިވެއެވެ.
މިއީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮއްފައިވާ މަޝްރޫޢެކެވެ.
ފުނަދޫ މަޝްރޫޢުގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، 3284 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ އިތުރުން 50 މީޓަރުގެ ޖިއޯ ބޭގް ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ފުނަދޫގައި އެންމެ ފުރަތަމަ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެއް ހިންގާފައިވަނީ އެއާޕޯޓް ތަރައްގީކުރުމަށެވެ. އެގޮތުން 2018 ވަނަ އަހަރު އެމްޓީސީސީގެ "މަހާ ޖައްރާފު" ކޮގު ބޭނުންކޮށްގެން 21 ހެކްޓަރުގެ ބިން އެއާޕޯޓަށް ހިއްކާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!