ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ބުދަ ދުވަހުގެ މެޗުތައް ކުޅުދުއްފުށީ ސިޓީ އާއި ދިއްދޫ ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގައި ބުދަ ދުވަހު ހަވީރު ކުޅުނީ ދިއްދޫ އާއި ނޮޅިވަރަމެވެ. ދިއްދޫ މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ބުދަ ދުވަހުގެ ރޭގަނޑުގެ މެޗުގައި ކުޅުދުއްފުށީ ސިޓީ ވަނީ 3-1 ސެޓުން ފިއްލަދޫ ބަލިކޮށްފައެވެ.
މި މޮޅާއެކު ކުޅުދުއްފުށީ ސިޓީ ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. ދިއްދޫ ވަނީ ތިން މެޗުން ދެ މޮޅު ހޯދާފައެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ފިނެއާއި ކެލައެވެ. މިރޭ ކުޅޭނީ ހަނިމާދޫ އާއި ވަށަފަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!