ހދ. ނޭކުރެންދޫގައި، ކުރިއަށް ގެންދިޔަ، މޫދު ކަސްރަތު ޕްރޮގްރާމާއި، ފަތަން ދަސްކޮއްދޭ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދެ ޕްރޮގްރާމެވެ.

Ad
rt

ރަށުގައި ދިރިއުޅޭ ފަރާތްތަކަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ފެތުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮއްދޭ ޕްރޮގްރާމްގައި އުމުރުން 9 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ޖުމްލަ 37 ބައިވެރިން ބައިވެރިވެފައިވެއެވެ.

މީގެއިތުރުން، އުމުރުން 18 އަހަރުން މަތީގެ ކަނބަލުންނަށް ޚާއްޞަކޮށް، ކުރިއަށް ގެންދެވުނު މޫދު ކަސްރަތު ޕްރޮގްރާމްގައި، ޖުމްލަ 48 ކަނބަލުން ބައިވެރިވެފައިވެއެވެ. މިއީ ރަށުގެ ކަނބަލުން ދުޅަހެޔޮކަންމަތީގައި ތިބުމަށާއި، ކަނބަލުންގެ މެދުގައި އިޖްތިމާއީ ގުޅުން ވަރުގަދަކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެއްކަމަށް އެ ކޮމެޓީން މަޢުލޫމާތުދީފައިވެއެވެ.

ފަތަން ދަސްކޮށްދޭ ޕްރޮގްރާމަކީ، ރަށު ކައުންސިލް އިދާރާ އާއި، ޕޮލިހާއި، ނޭކުރެންދޫ ސިއްހީ މަރުކަޒު އަދި ރަށުގެ ކްލަބް ޖަމިއްޔާތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ. އަދި ހަމައެހެންމެ، މޫދު ކަސްރަތު ޕްރޮގްރާމަށް އެ ރަށު ޕޮލިހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން އތމ ކޮމެޓީން ބުނެފައިވެއެވެ.

މި ދެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދެވުނީ 3 އޯގަސްޓް 2026އިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށެވެ.