ހއ. އަތޮޅަށާއި، ހއ. ގެ ވެރިރަށް ދިއްދޫގެ އިތުރުން ގިނަ ރަށްތަކެއްގައި އިޚްލާސްތެރި ޚިދުމުމަތްތަކެއްކުރެއްވި މުޙައްމަދު ނަސީރު، ތިލަދޫ/ހއ. ދިއްދޫ މިއަދު ނިޔާވެއްޖެއެވެ.

އެނގިފައިވާގޮތުގައި އުމުރުން 64 އަހަރުގައި ނަސީރު ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ނަސީރު ވަނީ މިފަހުން އިންޑިއާ އިންވެސް ފަރުވާ ހޯއްދަވާފައެވެ. ނަސީރު ބަލިވެއުޅުއްވާތާ އަހަރެއްހާ ދުވަސްވެއްޖެކަމަށް ދިއްދޫ އިން މައުލޫމާތު ދިން މީހަކު ބުންޏެވެ.

Ad
rt

ނަސީރަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އެކިރަށްތަކުގެ ސްކޫލްތަކުގެ ހެޑްމާސްޓަރކަން ކުރަށްވާފައިވާ ޚުލްގުހެޔޮ މުރާލި ބޭފުޅެކެވެ. އޭނާ ވަނީ ހއ. އަތޮޅު އޮފީހާއި އަދި ފަހުން ހއ. އަތޮޅު ކައުންސިލްގައި ޒިންމާދާރުވެރިޔާގެ މަގާމާއި، ޑިރެކްޓަރުކަމުގެ މަގާމާއި، ކައުންސިލް އެގްޒެކްޓިވްކަންފަދަ އިސް މަގާމުތަކެއް ފުރުއްވާފައެވެ. ނަސީރު ރިޓަޔަރކުރެއްވިއިރު ހުންނެވީ ހއ.އަތޮޅު ކައުންސިލްގެ ކައުންސިލް އެގްޒެކްޓިވްގެ މަގާމުގައެވެ.

ނަސީރަކީ އިނގިރޭސިބަސް އުނގެނިގެން އެންމެ ފުރަތަމަ ދިއްދޫގައި ކިޔަވައިދެއްވަން ފެއްޓެވި އެއް މުދަސްރިސްވެސްމެއެވެ. ނަސީރުގެ ޚިދުމަތް ވަނީ ގިނަ ދާއިރާތަކަކުން ވަނީ ގައުމަށް ލިބިފައެވެ.

ނަސީރުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާނަމާދަށްފަހު މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ މިސްކިތު) ގައެވެ. އަދި އެއަށްފަހު ނަސީރު ވަޅުލާނީ ހުޅުމާލޭ ސަހަރާގައެވެ.

ނަސީރުގެ ވަކިވުމާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ-ހއ.އަތޮޅު އޮފީހާއި، ދިއްދޫ ކައުންސިލްގެ އިތުރުން ގިނަ ބަޔަކު ދަނީ އެ ހިތާމާގައި ބައިވެރިވެ ޢާއިލާ އަށް ތައުޒިޔާ ފޮނުވަމުންނެވެ.