ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީ (43އ) 25 އަހަރަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އިއްވާފައި ވަނީ 2026 މެއި 18 ވަނަ ދުވަހުއެވެ.
ޢަބްދުލްހާދީގެ މައްޗަށް މި ހުކުމް އިއްވާފައި ވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ވާގޮތުން ޑައިމޯފިން ޓްރެފިކްކުރަން އުޅުމަކީ ނުވަތަ އެކަމަށް އެހީތެރިވެދިނުމަކީ ވެސް ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ 18 އަހަރުގެ ޖަލު ހުކުމަކާއެކު 75,000 ރުފިޔާ އާއި 7.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
މި މައްސަލައަކީ 2022 މާރިޗު 4 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.
މި ހުކުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!