ވަކި ޕާޓީއަކަށް ތާއީދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫންކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިގާބުގެ ފޯރި ރަށްރަށުގައި ގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ އިހަވަންދޫގެ އެއްވެސް ރައްޔިތަކީ ދީނުން ބޭރުވެފައިވާ މީހެކަން އަދި އެންގިފައެއް ނެތްކަމަށެވެ.

Ad
rt

އިހަވަންދޫގެ ރައްޔިތުއްނަކީ 100% އިން 100% މުސްލިމުން ތިބި ރަށެއް. ދީނީ ކަންކަމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއް. ވަކި ޕާޓީ އަކަށް ތާއިދުކޮށް އުޅުމަކީ ކާފަރު ކަމުގެ ޓެގު ކުރަން އޮތް ދަލީލެއް ނޫން.

މިދިޔަ ދަޢުރުގެ ހއ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ރަޝީދު އެއިނާގެ ފޭސްބުކްގައި ލިއުއްވާފައި ވެއެވެ.

މީގެ އިތުރުން ރަޝީދު ބުނެފައިވަބޫ ތިޔަ ހިންގަން އުޅޭ އަޑި ނޭންގޭ ތުޙުމަތުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.