ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖޭގައި ދެއްވާ ފުރަތަމަ ދަރުސް އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަތުރުވެރިޔާ އުމްރާ ގުރޫޕް އާއި ގުޅިގެން ބާއްވާ ދީނީ ދަރުސްގައި ޝައިޚް އާސިމް އަލް ހަކީމް އަންގާރަ ދުވަހުގެ ރޭ (28 އޭޕްރިލް 2026ގައި) އެ ސިޓީގައި ދަރުސް ދެއްވާނެކަމަށެވެ. މި ދަރުސް ފަށާނީ އެ ރޭ 20:30 ގައެވެ. ދަރުސް ބާއްވަން ނިންމާފައި ވަނީ އެ ސިޓީގައި ހުންނަ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ދަ ޓްރެވަލާ" ގްރޫޕުގެ ދައުވަތަކަށް ސައިޚް ކުރައްވާ މި ދަތުރުފުގައި ރާއްޖޭގެ ފަސް ސިޓީއެއްގައި ވެސް ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޝައިޚް އާސިމް އަލް ހަކީގެ ކުރު ތަޢާރަފެއް
ޝައިޚް އާސިމް އަލް ހަކީމަކީ އިނގިރޭސި ބަހުން ދީނީ ދަރުސް ދެއްވާ ދުނިޔޭގެ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރެއިން އެކެކެވެ. ސީދާސާދަ އަދި ބައެއް ފަހަރު މަޖާޒީ ގޮތަކަށް ވާހަކަދެއްކެވުމަށް މަޝްހޫރު މި ޝައިޚަކީ، ދީނީ އުނދަގޫ މަސްއަލަތައް ފަސޭހައިން ދޭހަވާނެހެން ކިޔައިދެއްވުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ޝައިޚް އާސިމް އަލް-ޙަކީމް: ޒަމާނީ ދައުވަތުގެ އާދަޔާޚިލާފު ސަޚްޞިއްޔަތެއް
1962 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ އަލް-ޚޯބަރަށް އުފަންވި އާސިމް އަލް-ޙަކީމް ވަނީ ކިންގް އަބްދުލްއަޒީޒް ޔުނިވަރސިޓީން ލިންގުއިސްޓިކްސްއިން ބީ.އޭ ހާސިލްކުރައްވާފައެވެ. އަދި މައްކާގެ އުއްމުލް ގުރާ ޔުނިވަރސިޓީން އިސްލާމިކް ސްޓަޑީޒްއިން ހަޔަރ ޑިޕްލޮމާ ހާސިލްކުރެއްވިއެވެ. ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ގެންދަވަނީ ޖިއްދާގެ މިސްކިތެއްގައި އިމާމުވެ ހުކުރު ޚުތުބާ ދެއްވައި ދަރުސްތައް ދެއްވަމުންނެވެ.
ޝައިޚް އާސިމަކީ ސޯޝަލް މީޑިއާ، ހާއްސަކޮށް ޓިކްޓޮކް އަދި ޔޫޓިއުބްގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ސުވާލުކުރާ މީހާގެ ގާތުގައި "ބުއްދީގެ ބޭނުންކުރުމަށް" ބުނެލާ ބުނުމަކީ އޭނާގެ މަޝްހޫރު އެއް ސިފައެވެ. މީގެ އިތުރުން ކްރިޕްޓޯކަރަންސީ އާއި ސޯޝަލް މީޑިއާގެ އަދަބުތަކާ ގުޅޭ ޒަމާނީ މަސްއަލަތަކަށް އޭނާ ދެއްވާ ޖަވާބުތައް ގިނަ ބައެއްގެ ސަމާލުކަން ހޯދައެވެ.
އޭނާގެ ދަރުސްތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ތައުހީދާއި، ފިގުހު އިލްމާއި، އިސްލާމްދީނާ މެދު އުފެދިފައިވާ ކުށްހީތައް ސާފުކޮށްދިނުމުގެ މައްޗަށެވެ. ޚާއްސަކޮށް އޭނާގެ "އާސްކް ޒާދު" ސެޝަންތަކަކީ ވަރަށް މަގުބޫލު ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ކައިވެންޏާއި، މާލީ މުއާމަލާތްތަކާއި، ތަހާރަތާ ގުޅޭގޮތުން ބެލުންތެރިން ފޮނުވާ ސުވާލުތަކަށް ވަރަށް އަވަސް އަދި ސީދާ ޖަވާބުތައް އޭނާ ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!