މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕާކު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ.

Ad
rt

ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ސްކޭޓް ޕާރކް ހުޅުވުމަށްފަހު، ތިން އުމުރު ފުރައެއްގެ ކުދިން ވަނީ އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރުތައް ރައީސްގެ ކުރިފުޅުމަތީގައި ދައްކާލާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ މި ހުނަރުތައް ދައްކާލި ކުދިންނާއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި، އަލަށް ހުޅުވި ސްކޭޓް ޕާރކް ބައްލަވާލައްވާފައެވެ.

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވުން، ފޮޓޯ: ރައީސް އޮފީސް

މާލޭގައި ދާއިމީ ސްކޭޓިންގ އެރީނާއެއް ތަރައްޤީ ކުރުމަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ޒުވާނުންނަށް ލިބިގެންދާނެ ކަމެކެވެ. މިއީ ޒުވާނުންގެ ކުރިއެރުމަށާއި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވުން، ފޮޓޯ: ރައީސް އޮފީސް

މި ސްކޭޓް ޕާކަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ސަރުކާރުގެ އެދުމުގެ މަތިން ހަދައި ދިން އެރީނާއެކެވެ.