އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ތިބި މުސްލިމުން ނުކުމެ ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އިންޑިއާގެ މުސްލިމުން ދަނީ އެމަނިކުފާނުގެ މަރަށް އިންސާފު ހޯދުމަށް ގޮވާލަމުންނެވެ.
މި ހާދިސާގެ ހިތާމައިގައި އާދީއްތަ ދުވަހު އިންޑިއާގެ ގިނަ ސިޓީތަކެއްގައި އެތައް ހާސް މުސްލިމުން މަގުތަކަށް ނުކުމެ، އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ހަރުއަޑުން މުޒާހަރާކޮށްފައިވެއެވެ. މި މުޒާހަރާތައް ރޭގަނޑުގެ ވަގުތުތަކާ ހަމައަށް ދެމިގެންދިޔައިރު، މުޒާހަރާގެ ބައިވެރިން ވަނީ އިސްރާއީލުގެ އިސްތިޢުމާރީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޚާމަނާއީ އަވަހާރަކޮށްލުމުން އިންޑިއާގެ މުސްލިމުން މުޒާހަރާ ކުރަނީ، ފޮޓޯ: އަލްޖަޒީރާ
އީރާނުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހުގެ ފަތިހު ޚާމަނާއީ އަވަހާރަވިކަން ރަސްމީކޮށް އިޢުލާނުކުރީ، ހިތާމަ ފާޅުކުރުމުގެ ރަމްޒެއްގެ ގޮތުން ކަޅު ބެނާއަކާއެކު އެމަނިކުފާނުގެ އަރުޝީފް ވީޑިއޯތައް ދައްކަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާގައި ޚާމަނާއީގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން އަދި ކާފަދަރިކަނބަލަކުވެސް ވަނީ އަވަހާރަވެފައެވެ.
މި ހާދިސާއާ ގުޅިގެން ޖައްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު ޢަބްދުﷲ ވަނީ އީރާނުގެ މަޝްރަޙާ މެދު ނުހަނު ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. އަދި މުޒާހަރާގެ ބައިވެރިން މަސްލަހަތު ނަގާލުމުގެ އެއްވެސް އަމަލެއް ނުހިންގުމަށާއި، ސުލްހަވެރިކަން އިސްކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ޚާމަނާއީ އަވަހާރަކޮށްލުމުން އިންޑިއާގެ މުސްލިމުން މުޒާހަރާ ކުރަނީ، ފޮޓޯ: އަލްޖަޒީރާ
ކަޝްމީރުގެ މަސްލަހަތު ނުތަނަވަސްވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެ ސަރަޙައްދުގެ ސަރުކާރުން މިހާރު ވަނީ މި ހަފުތާގެ ނިޔަލަށް ހުރިހާ ސްކޫލްތަކާއި ކޮލެޖްތަކެއް ބަންދުކުރުމަށް ނިންމާފައެވެ. އާދީއްތަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން، އަމަންއަމާންކަން ގާއިމުކުރުމަށްޓަކައި އެންމެ ފުރަތަމަ ސަރުކާރުން ނިންމީ ދެ ދުވަހަށް ތައުލީމީ މުއައްސަސާތައް ބަންދުކުރުމަށެވެ. ނަމަވެސް، މަޝްރަޙު އަދިވެސް ގޯސްވަމުންދާތީ، މިހާރު ވަނީ މާރިޗު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ބަންދު ދިގުދައްމާލާފައެވެ.
ކަޝްމީރުގެ އެޑިއުކޭޝަން މިނިސްޓަރު ސަކީނާ އިތޫ އެކްސް މެދުވެރިކޮށް ވިދާޅުވީ، ކަޝްމީރު ޑިވިޜަންގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތަކެއް މާރިޗު 7 ގެ ނިޔަލަށް ބަންދުވާނެ ކަމަށެވެ. މިއީ ސަރަޙައްދުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!