ހއ. ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް ކޮންޓެކްޓަރާއެކު ދިއްދޫ ކައުންސިލުން އިއްޔެ ސޮއިކޮށްފިއެވެ.
ދިއްދޫ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ސަހަރު އިންވެސްޓްމަންޓާއެވެ.
މި މަސައްކަތް ކޮންޓެކްޓަރާއި ހަވާލުކުރެވުނުކަން ފާހަގަކުރަށްވައި ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވީ، އެކި ސަބަބުތަކާ އުދަގޫތަކާ އެކު ދުވަސްތަކެއް ލަސްވެގެން ދިޔަކަމުގައި ވީނަމަވެސް މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ސޮއިކުރެވިގެން ދިއުމަކީ ދިއްދޫ ރައްޔިތުންނަށް ލިބުނު އުފަލެއް ކަމުގައި ދެކިލައްވާކަމަށެވެ.
ރަހްމާ މިސްކިތް ހުރި ބިމުގައި އަޅާ ޒަމާނީ މިސްކިތުގެ ކުރެހުމެއް، ފޮޓޯ: ދިއްދޫ ކައުންސިލް
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ކުރިން ''ތިލަދުން'' އަށް ވިދާޅުވިގޮތުގައި މިއީ 1200 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ.
ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް ބިންގާ އަޅާފައި ވަނީ 28 ނޮވެމްބަރު 2025 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!