ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފިއެވެ.

މިކަން ހާމަކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، މި މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.

Ad
rt

މިގޮތުން މި މަސައްކަތުގެ ދަށުން ހދ. އަތޮޅުގެ އިތުރުން ގއ. އަތޮޅު، ވ. އަތޮޅު، ތ. އަތޮޅު، ފ. އަތޮޅު އަދި ކ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރެކެވެ.

ސަރުކާރުގެ މި އަމާޒުގެ ދަށުން މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިނުވާ ރަށްރަށުގައި އެ ޚިދުމަތް ފަށައި، ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ އަމަލީ މަޝްރޫޢުތަކުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.