ދޮށީ އުމުރު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމަށް ހދ. ނެއްލައިދޫގައި މީހުން މޫދަށް އެރޭ ސަރަހައްދުގައި ރެއިލިންގ ހަރުކޮށްފިއެވެ.

މި މަސައްކަތް ކޮށްފައިވާ ނެއްލައިދޫ ކައުންސިލުން އިސްނަގައިގެން ރައްޔިތުންނަށް ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ މަޤުސަދުގައެވެ.

Ad
rt

އެގޮތުން ނެއްލައިދޫ ކައުންސިލުގެ އަމާޒަކީ އުމުރުން ދުވަސްވީ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން މޫދަށް އެރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

މި ރެއިލިންގ ހަރުކޮށްފައިވަނީ މޫދާއި އެހާ ދުރުނޫން އެއްގަމު ސަރަހައްދުން ފެށިގެން މޫދުގެ ދިޔަވަރު ހިކި ދުވަހެއްގައި އިސްކޮޅު ނުޖެހޭ ހިސާބަށް ފަސޭހައިން ދެވޭގޮތަށެވެ.

ނެއްލައިދޫ މޫދު ސަރަހައްދުގައި ހަރުކުރި މި ރެއިލިންގ ގެ ސަބަބުން ކަސްރަތުކުރަންށާއި މީހެއްގެ އެހީ އަކާ ނުލާ މޫދަށް ފައިބަން ދުވަސްވީ ފަރާތްތަކަށާއި ޚާއްސަ އެހީ ބޭނުންވާ ފަރާތްތައް އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.