ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް މުހައްމަދު އިސްމާއިލް އައްޔަން ކުރައްވައިފި އެވެ.

ހދ. ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް 2020 ވަނަ އަހަރު އައްޔަން ކުރެއްވި މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލަށް ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ފަނޑިޔާރުންނާ އިންޓަވިއު ކުރުމަށްފަހު މިއަދު ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ.

Ad
rt

ޖޭއެސްސީން ބުނިގޮތުގައި އެ ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އެވެ.

އިސް މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލަކީ ގައުމީ ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެކުރިން އޭނާ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގަ އެވެ.