ތިލަދުންމަތީގައި ފުޅާދާއިރާއެއްގައި ސްޕީޑް ލޯންޗުގެ ޚިދުމަތް ދެމުން އަންނަ ފްލައިން ފިޝް އިން ކަސްޓަމަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ކުންފުނީގެ ދަތުރުތަކަށް ޚާއްްސަ ވެބްސައިޓެއް ތައާރަފުކޮށްފިއެވެ.

މުޅިން އަލަށް ތައާރަފު ކުރި flynfish.mv ވެބްސައިޓާއެކު ލޯންޗް ދަތުރުގެ ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ތިބެގެންވެސް ފަސޭހަކަމާއެކު ބުކިން ހައްދާލެވޭނެއެވެ. މިގޮތަށް ޓިކެޓް ނަގާއިރު ލިބެން ހުރި ސީޓުތަކުގެ ތެރެއިން ބޭނުންވާ ސީޓެއް ބުކް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

Ad
rt

ޓިކެޓް ނެގުމަށް ވެބްސައިޓަށް ވަނުމަށްފަހު ދަތުރުކުރާ ދުވަހާއި ރަށް ހިޔާރުކުރުމަށްފަހު ދަތުރުކުރަން ބޭނުންވާ އުޅަނދާއި ސީޓު ހިޔާރުކޮށްލެވޭނެއެވެ. އެއަށްފަހު ދަތުރު ކުރާ ފަރާތުގެ މައުލޫމާތު ފުރިހަމަކޮށް، ފައިސާ ދައްކައި ސްލިޕް އެޓޭޗް ކޮށްލެވޭނެއެވެ.

ބުކިން ހެއްދުމަށްފަހު ވެބްސައިޓުގައިވާ ޓެލެގްރާމް މެސެންޖާ ސްޓާޓް އަށް ދިއުމުން ޓިކެޓުތައް ޓެލެގްރާމް މެދުވެރިކޮށް ލިބޭނެއެވެ.

މިގޮތަށް ޓިކެޓް ނަގާ ފަރާތްތަކުން ފަހުން ޓިކެޓަށް ބަދަލު ގެންނަން ބޭނުންވާނަމަ ފަސޭހައިން އެކަން ކޮށްލެވޭނެއެވެ.

2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ޚިދުމަތް މާލެއާއި ހދ، ށ، ރ، ނ އަދި ޅ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ.

އެގޮތުން، ހދ، ށ، ރ، ނ، ޅ އަދި ބ އަތޮޅުގެ ރޫޓުގެ ރަށްތަކަށް އަންނަނީ ކޮންމެ ދުވަހަކު ދަތުރު ކުރަމުންނެވެ. މާލެއިން ފުރަން ހަމަޖެހިފައިވަނީ ޖެޓީ ނަންބަރ 1 ކުންނެވެ.

ފްލައިން ފިޝްގެ ދަތުރުތަކުގައި ހަތަރު ލޯންޗު ބޭނުންކުރެއެވެ. އެއީ 30 މީހުންގެ ޖާގައިގެ ލޯންޗަކާއި 60 މީހުންގެ ޖާގައިގެ ލޯންޗަކާއި 49 މީހުންގެ ޖާގައިގެ އަދި 61 މީހުންގެ ޖާގައިގެ ލޯންޗެކެވެ. މި ލޯންޗުތަކުގައި މާާލެއަށް ކުރާ ދަތުރު ތަކުގައި ކެއުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

ފްލައިން ފިޝް އިން އަންނަނީ ހދ އަދި ށ އަތޮޅުގެ ޕްރައިވެޓް ދަތުރުތައްވެސް ވަރަށް އަގުހެޔޮކޮށް ކުރަމުންނެވެ.

ފްލައިން ފިޝް ޓެލެގުރާމް ޗެނަލް

ފްލައިން ފިޝް ވައިބަރ