އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން 2025"އަށް ޚާއްސަކޮށްގެން ބާއްވާ ބަހާއި ފެރީގެ ރޫޓުތައް އާންމުކޮށްފިއެވެ.
އުރީދޫ ފަން ރަންއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް މީހުންނެއް ބައިވެރިވާ، އިޖުތިމާއީ އަދި ދުޅަހެޔޮކަމުގެ އީދެކެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދުވުމުގައި 6،500 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވާއިރު މި އުފާވެރި ހަރަކާތުގައި ގިނަ ބަޔަކަަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް އަތޮޅުތަކުގައިވެސް މި ހަރަކާތް ކުރިއަށްގެންދެއެވެ.
އެގޮތުން އައްޑޫ މަރަދޫގައި މާދަމާ މި ދުވުބް ބާއްވަން ވަނީ ތައްޔާރުވެފައެވެ. އަދި މިއާއެކު ބަހާއި ފެރީ ރޫޓުތައް އުރީދޫން ވަނީ އާންމުކޮށްފައެވެ.
ފަން ރަންއަށް ޚާއްސަކޮށްފައިވާ ބަހާއި ފެރީގެ ރޫޓުތަކަކީ:
ލިންކު ރޯޑު ޑިޕާޗާ (އެމްޓީސީސީ ބަސް)
މިލާނޯ ރެސްޓޯރެންޓް - 14:30
އެފެސް ކޭކް - 14:45
ސިޓީ ސްކޮޔާ - 14:50
ހިތަދޫ ބޮނޑަ މަގަ ޑިޕާޗާ (އެމްޓީސީސީ ބަސް)
ހޯމްވެއާ - 14:30
އެސްއެލްބީ ފެބްރިކްސް - 14:40
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް - 14:50
ފޭދޫ/ މަރަދޫ ފޭދޫ ޑިޕާޗާ (އެމްޓީސީސީ ބަސް)
އެމްޓީސީސީ ޓާމިނަލް - 14:45
މެގްނެޓާ ކަންމަތި - 14:50
މަރަދޫ ފޭދޫ ބަނދަރު - 15:05
ހުޅުމީދޫއާ މަރަދުއާ ދޭތެރޭގެ ދަތުރުތައް (އާރުޓީއެލް ފެރީ)
ހުޅުމީދޫން މަރަދުއަށް - 14:15
މަރަދުއިން ހުޅުމީދުއަށް - 19:00
ފަން ރަންގެ ބައިވެރިން ދެ ކިޓެއް ބޭނުން ކުރާނެއެވެ. އެއީ 210 ރުފިޔާއަށް ދޫކުރާ ފަން ކިޓް އަދި 110 ރުފިޔާއަށް ދޫކުރާ ސްޓޭންޑަޑް ކިޓެވެ. ފަން ކިޓްގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާއެއް ހިމެނޭއިރު ސްޓޭންޑާޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓް ބޭންޑެއް ހިމެނެއެވެ.
އުރީދޫ ފަން ރަންއަކީ ފިޓްނަސް އަދި މަޖަލާ އެކުގައި ބާއްވާ އެންމެ އުފާވެރި ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އުރީދޫން ބުނީ ދުވުންތެރިންނަށް މަގުމަތީގައި ކުލަ ޖެހުމާއި މިއުޒިކާ އަދި އިންފްލެޓޭބަލް ސްޓޭޝަންތަކާ އެކު ކުރިއަށްދާ މި ދުވުމަކީ އާއިލާތަކާއި ރައްޓެހިން ގުޅާލައި، އެކުގައި އުޅެވޭނެ ކާނިވަލެއް ފަދަ މާހައުލެއް ގާއިމުކުރެވިގެންދާނެ ފަދަ ދުވުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!