ހއ. ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ޒަމާނުންސުރެއް ކިޔަމުން އަންނަ "ވަށަފަރު މީހުން އުނބަށް ޖެހުން" މިހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މޮނިއުމަންޓް ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ނާޒިމް އެވެ.

Ad
rt

މި މޮނިއުމަންޓަކީ ވަށަފަރުގެ ތާރީޚީ ހާދިސާއެއް ދިރުވައި، އެ ރަށުގެ އަސްލު ވަނަވަރު ދައްކުވައިދޭ މުހިންމު ފަންނީ މަސައްކަތެކެވެ. މޮނިއުމަންޓުން ފެންނަން ހުންނަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެއްގެ މަންޒަރެވެ. މީގެ އިތުރުން ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހިމަނާފައިވެއެވެ.

މޮނިއުމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، "ތަރައްގީ އާއި ތަހުޒީބު ރަށަށް ގެނައުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމާއި ފިކުރަކީ ރަށަކަށް ބޭނުންވާނެ އެންމެ މުހިންމު އެއްކަމޭ" އެވެ. އަދި މިފަދަ މަސައްކަތްތަކުން ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ހާމަވެގެންދާކަމަށް ވެސް ވިދާޅުވިއެވެ.

Image

މި މޮނިއުމަންޓުގެ ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ފަރުމާކޮށްފައިވަނީ ފެން ފައިބާ ގޮތަށް ކަމެވެ. އަދި މުޅި މޮނިއުމަންޓުގެ ދަށުގައި މަސް ގެންގުޅޭ ގޮތަށް ޓޭންކެއް ހަދާފައިވާކަން ވެސް ފާހަގަކުރެވެއެވެ.

Image

މި މޮނިއުމަންޓަކީ ވަށަފަރުގެ ތާރީޚާއި ސަގާފަތް ދިރުވައި އާލާކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރަށުގެ ގިނަ ރައްޔިތުން ފާހަގަކުރެއެވެ. މި މޮނިއުމަންޓުން ރަށުގެ ކުރީގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި މަސްވެރިކަމުގެ ސަގާފަތް ރަމްޒުކޮށްދެއެވެ.