ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން ކަމަށްވާ "އުރީދޫ ފަން ރަން 2025 އައްޑޫ ސިޓީ" ގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރުގެ ފަން ރަން އޮންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫގައެވެ.

Ad
rt

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓްގެ އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެއެވެ. އެގޮތުން 210 ރުފިޔާގެ ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު، 110 ރުފިޔާގެ ފަން ކިޓްގައި ޓީޝާޓާއި ރިސްޓްބޭންޑުގެ އިތުރުން އައިގްލާހަކާއި މަލްޓިޕާޕަސް ބަނޑާނާއެއް ހިމެނެއެވެ.

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުންދާ މި ހަރަކާތަކީ އާންމުންގެ މެދުގައި އެންމެ މަޤުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވުނު ފަން ރަންގައި 6،500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. 6 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް މި ދުވުމުގައި ބައިވެރިވެވޭނެއެވެ.

5 ކިލޯމީޓަރުގެ މި ކުރު ދުވުމުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނޭނެއެވެ. މިއީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ގޮތަށް ރޭވިފައިވާ ދުވުމެކެވެ. ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ސްޓޭޝަންތަކެއް ބެހެއްޓި، އެތަންތާގައި ކުލަޖެހުމާއި، ފެން ބުއިމާއި އަދި އެހެނިހެން މަޖާ ހަރަކާތްތައް ކުރިއަށްދާނެއެވެ.

މި ދުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2025 ވަނަ އަހަރުގެ ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ނަމަވެސް ޖާގަ ހުސްވުމުގެ ކުރިން ރަޖިސްޓްރީ ކުރުމަށް އުރީދޫއިން ވަނީ އިލްތިމާސް ކޮށްފައެވެ.