މި އަހަރުގެ ރަމަޟާން މަހު މާލެ ސަރަހައްދުގައި ހިފްޡުކޮށް ތަރާވީހް ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ 24 މިސްކިތެއްގައި ކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އޭގެތެރޭގައި ހިމެނެނީ މާލޭގެ 16 މިސްކިތަކާއި، ހުޅުމާލޭގެ 7 މިސްކިތެއްގެ އިތުރުން ވިލިމާލޭގެ 1 މިސްކިތެވެ.
މާލޭގައި ހިފުޡްކޮށް ތަރާވީހް ނަމާދުކުރާ މިސްކިތްތައް:
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
މަސްޖިދު މަލިކި ސަލްމާން
މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ (ވިޔަފާރިވެރިންގެ މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލު (ދުނބުރި މިސްކިތް)
މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
މަސްޖިދު ޢަލީ ޙުސައިން (މާވެޔޮ މިސްކިތް)
މަސްޖިދު ޞަލާޙުއްދީން
މަސްޖިދުލް ފުރުޤާން
މަސްޖިދުއްނޫރު
މަސްޖިދު އިބްރާހީމް
މަސްޖިދުއް ޝަހީދު ޢަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
މަސްޖިދުއް ޛިކުރާ
ހުޅުމާލޭގައި ހިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ މިސްކިތްތައް:
މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލްޘާނީ (ވައްގުއްބު މިސްކިތް)
މަސްޖިދު ޢަޒީޒާ މޫސާ
މަސްޖިދުލް ވާލިދައިނި
މަސްޖިދު މުޙައްމަދު
މަސްޖިދުލް އަޞްދިޤާ
މަސްޖިދު ޙަސަން އާދަމް
މަސްޖިދު އަމީލު ޖަލީލު
ވިލިމާލޭގައި ހިފުޡްކޮށް ތަރާވީޙް ނަމާދު ކުރާ މިސްކިތް:
މަސްޖިދުލް އިޚްލާޞް
މާލޭ ސަރަހައްދުގެ އިތުރުން ރާއްޖެތެރޭ ރަށްތަކުގައި ވެސް ރަމަޟާން މަހު ހިފްޡުކޮށް ތަރާވީހް ނަމާދުކުރުން ކުރިއަށްދާނެއެވެ. އެކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ހާފިޡުން މި އަހަރުވެސް ވަނީ ރާއްޖެއިން ބޭރުން ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!