ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ބަނދަރު ފުންކުރުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމުގައި ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ދިއްދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
އެ ކައުންސިލުން ބުނީ މިހާރު ބޭނުން ކުރަމުން ގެންދާ ބަނދަރު ފުންކުރުމުގެ މަސައްކަތްކުރިއަށް ގެންދާ ވަގުތުތަކުގައި އެ ސަރަހައްދުގައި އަޅާފައިވާ އޮޑިދޯނި ފަހަރާއި ޑިންގީފަދަ އުޅަނދުތައް ނެގުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ކައުންސިލުން ބަނދަރު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ މުވައްޒަފުގެ ލަފާގެމަތީން މަސައްކަތްކުރާ ސަރަހައްދުން އުޅަނދުފަހަރު ނެގުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ރަށުގެ ތަރައްގީއަށް ކުރެވެމުން އަންނަ މިފަދަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!