ހއ. ދިއްދޫ އަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ރޭ އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ.

ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ހަތަރު ވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ރޭ ދިއްދޫ އަށް ވަޑައިގެންފައެވެ.

Ad
rt

އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.

ރޭ ދިއްދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދިއްދޫ ކައުންސިލުން ރައީސާއި ހިއްސާކުރެއްވި މައިގަނޑު ކަންތައްތައް:

  • ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުވެފައި ހުރުމުގެ މުހިންމުކަން
  • ރަށު އައިސް ޕްލާންޓާއި އިންޖީނުގޭގެ މަސައްކަތް ނުނިމި ލަސްވުމުގެ ކަންބޮޑުވުން
  • މީހުން ދިރިއުޅޭ ސަރަޙައްދުން އިންޖީނުގެ ބަދަލުކުރަންޖެހިފައިވާކަން
  • ރަށު ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތައް
  • ރަށު ކައުންސިލްގެ އިދާރާއަށް އައު ޢިމާރާތެއްގެ ބޭނުން ޖެހިފައިވުން
  • ދިއްދޫ ހޮސްޕިޓަލާއި ސްކޫލަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ކުރަންޖެހިފައިވާ މަސައްކަތް

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ މަސައްކަތްޕުޅު ތަރުތީބު ކުރެވިފައިވަނީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، އެ ކަންތައްތައް ފުރިހަމަކުރެއްވުމާއެކު ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަން ފަހިކޮށްދެއްވުމަށްކަމަށް ވިދާޅުވެފަވެއެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދިއްދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.