55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ.
މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވަނީ ހިމަނުއްވާފައެވެ.
މި ރަށްތަކުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ ހއ.ހދ. އަދި ށ.ގެ ޖުމްލަ 16 ރަށެއް ހިމެނެއެވެ. އެ ރަށްތަކަކީ،
ހއ. އަތޮޅު: މާރަންދޫ، ތުރާކުނު، އުލިގަމު، މުރައިދޫ، ބާރަށް، ފިއްލަދޫ، ތަކަންދޫ އަދި އުތީމު
ހދ. އަތޮޅު: ނައިވާދޫ، ނެއްލައިދޫ، ނޮޅިވަރަމް އަދި ނޮޅިވަރަންފަރު
ށ. އަތޮޅު: ޅައިމަގު، މާއުނގޫދޫ، މަރޮށި އަދި ބިލެތްފަހި
މީގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ކައުންސިލް އިދާރާތަކުގެ އާ އިމާރާތް އަޅަން ނިންމާފައިވާ 50 ރަށުގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 10 ރަށެއް ވަނީ ހިމަނާފައެވެ. އެރަށްތަކަކީ
ހއ. އަތޮޅު: ވަށަފަރު، އިހަވަންދޫ އަދި ދިއްދޫ
ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ އަދި ވައިކަރަދޫ
ށ. އަތޮޅު: ފޭދޫ، ކޮމަންޑޫ، ގޮއިދޫ އަދި ނަރުދޫ
55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، މިއީ މިއީ 36 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި 55 ކައުންސިލް އިދާރާގެ ތެރޭގައި ދެ ބުރިއަށް ޢިމާރާތްކުރާ 27 ކައުންސިލް އިދާރާ ހިމެނެއެވެ. ދެ ބުރިއަށް އިމާރާތްކުރާ ކައުންސިލް އިދާރާތައް، މަސައްކަތް ފަށާތާ 18 މަސް ދުވަހުގެތެރޭގައި އަދި އެއް ބުރީގެ ޢިމާރާތްތައް މަސައްކަތް ފަށާތާ އެއް އަހަރު ދުވަހުގެތެރޭގައި ނިންމަންޖެހޭގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!