ހދ. ކުރިނބީ ދެކުނުފަރާތު އަތިރިމަތިން ވަޅުލެވިފައިވާ އާސާރި ތަކެތިކަމަށް ބެލެވޭ ބައެއް ސާމާނުފެނިއްޖެ އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް "ތިލަދުން" އަސް މަޢުލޫމާތު ދެއަވަމުން ވިދާޅުވި ގޮތުގައި، މިތަކެތި ފެނިވައިވަނީ އިއްޔެ ގެ ވަގުތެއްގައި އެރަށުގެ މީހަކު ދެކުނުފަރާތަށް ހިނގާލަން ގޮސް އުޅެނިކޮށް ދެފަސްބެދޭ ހިސާބުން ރުނބައެއްގެ ބައެއް ފެންނަން އޮތުމުން އިތުރަށް ކޮނެ ބެލި ބެލުމުންނެވެ.

Ad
rt

ރުނބާގެ ތެރޭގައި ކުރީޒަމާނުގެ ވަރަށްގިނަ ތަށިތައް މީގެތެރޭގައި ހުރިކަމަށް އަސްލަމް ވިދާޅުވި އެވެ.

މިތަކެތި މިހާރު ހުރީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށާއި މިތަކެއްޗާމެދު ޢަމަލުކުރާނެ ގޮތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާކުރާ ޤައުމީ މަރުކަޒާއި އަދި ކަމާގުޅޭ ވުޒާރާތަކުގައި މަޝްވަރާކުރެވެމުންދާކުމަގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ކައުންސިލުން އޭއައި، އިންޓަރނެޓް އަދި ތާރީޚީ ފޮޓޯތަކުގެ އަލީގައި ބެލިބެލުމުން ލަފާކުރެވެނީ މިތަކެއްޗަކީ 380 ނުވަތަ 400 އަހަރުވެފައިވާ ތަކެތި ކަމަށް"

މިތަކެތީގެ އުމުރާމެދު ކައުންސިލްގެ ރައީސް ދެކިލައްވާ ގޮތެއް ސާފުކޮށްލުމުން ވީދާޅުވިއެވެ.

މިކަމުގައި ކުރިއަށް ދާނެގޮތެއް ހޯދުމަށް މިހާރު ކާމާގުޅޭ އިދާރާތަކަށް ވާނީ ދެންނެވިފައިކަމަށް އަސްލަމް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މިފަދަ ގޮތްގޮތަށް ހޯދާ ދުވަސްވީ ސަގާފަތާއި ތަރިކައާއި ގުޅޭ ތަކެއްޗަކީ 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ރައްކާތެރިކޮށް މޮނިޓަރ ކުރަން ލާޒިމުކުރެވިފައިވާ ތަކެއްޗެވެ.