Skip to main content
22 Stories
0 Reads

Published on ތިލަދުން (Thiladhun) by މުޙައްމަދު އިބްރާޙިމް (ފީރޯޒް)

ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ!
Thiladhunmathi News

ކުރިނބީ އަތިރިމަތިން ވަޅުލެވިފައިވާ ރުނބައެއް، އާސާރި ތަކެތިކަމަށް ބެލެވޭ!

ހދ. ކުރިނބީ ދެކުނުފަރާތު އަތިރިމަތިން ވަޅުލެވިފައިވާ އާސާރި ތަކެތިކަމަށް ބެލެވޭ ބައެއް ސާމާނުފެނިއްޖެ އެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަސް މަޢުލޫމާތު ދެއަވަމުން ވިދާޅުވި ގޮތުގައި، މިތަކެތި ފެނިވައިވަނީ އިއްޔެ ގެ ވަގުތެއްގައި އެރަށުގެ މީހަކު ދެކުނުފަރާތަށް ހިނގާލަން ގޮސް އުޅެނިކޮށް ދެފަސްބެދޭ ހިސާބުން ރުނބައެއްގެ ބައެއް ފެންނަން އޮތުމުން އިތުރަށް ކޮނެ ބެލި ބެލުމުންނެވެ. ރުނބާގެ ތެރޭގައި ކުރީޒަމާނުގެ ވަރަށްގިނަ ތަށިތައް މީގެތެރޭގައި ހުރިކަމަށް އަސްލަމް ވިދާޅުވި އެވެ....

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ
Business

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެ

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ކަރަންޓް ކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން މީސްމީޑިއާގައި ހާމަކުރައްވާފައިވާ ގޮތުގައި، އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސަކްކަތްތަކެއް ކުރަމުންދާތީ މާދަމާ މާލެއާއި ހުޅުމާލޭގެ އެކިސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށެވެ. ހުޅުމާލޭގެ ފޭސް 2 ގައި ބަހައްޓާފައިހުރި 132 ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒްކުރުމަށްޓަކައި މާދަމާ ހެނދުނު 6 އާއި 8 އާއި ދެމެދު ކަރަންޓްގެ ޚިދުމަ...

މަޝްއަރު އުމްރާ ގުރޫޕުގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި
Raajje

މަޝްއަރު އުމްރާ ގުރޫޕުގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފި

މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރެއްވި ގޮތުގައި މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގެ ތަޙުޤީގު ނިންމާ މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެކަމަށެވެ. މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްއާގުޅ...

މިއަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހުގެ 6ގައި
Raajje

މިއަހަރަށް މަޖިލިސް ހުޅުވުން އަންނަ މަހުގެ 6ގައި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާނީ އަންނަ މަހުގެ ހަ ވަނައަށް ވާ ބުރާސްފަތި ދުވަހު ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ. އެއިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވާފައިވާކަމަށާއި މިޖަލްސާއަށް ވާންޖެހޭ ތައްޔާރީތައް ފެށިފައިވާ ކަމަށެވެ. ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޤައުމުގެ ޙާލަތާއި، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަން...

އެމްޓީސީސީގެ މަޝްރޫޢުތަކުގެ އަދާހަމަ މިހާރު ފެންނާނެ
Raajje

އެމްޓީސީސީގެ މަޝްރޫޢުތަކުގެ އަދާހަމަ މިހާރު ފެންނާނެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މަޝްރޫޢުތަކުގެ އަދާހަމަ ފެންނަ ވެބްޕޭޖެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ. އެކުންފުނީގެ މިޕޭޖުން އެކުންފުނީގެ ފަރާތުން މުޅިރާއްޖޭގައި ހިންގާ ހުރިހާ މަސައްކަތެއްގެ ތަފްސީލު ފެންނަން ހުންނާނެކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނިގޮތުގައި މިޕޭޖުގެ ސަބަބުން އަތޮޅުތަކުގެ އެކިރަށްރަށުގައި ހިންގާ ހިންގާ ޕްރޮޖެކްޓެއް ވަކިވަކިން، ޕްރޮޖެކްޓް މަޢުލޫމާތު، އަގު، ފެށުނު ތާރީޚާއި، ހުއްޓިފައިވާ ތާރީޚާއި، އަދި ކުރެވިފައި ހުރ...

އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކޮށްދެނީ
Raajje

އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކޮށްދެނީ

ހުޅުމާލޭ ބޮޑު މިސްކިތް، މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މިއަހަރުގެ ރަމަޟާންމަހުގެ ކުރިން މަރާމާތުކޮށް އާބާތުރަފިލުވުމަށް އުރީދޫ މޯލްޑިވްސް އިން ހަވާލުވެއްޖެއެވެ. މިމަސައްްކަތް އުރީދޫން ކުރަނީ ގަތަރުގެ ގަތަރު ޗެރިޓީއާ ގުޅިގެންނެވެ. މިކަން ފާހަގަކުރުމަށް ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ އެވެ. ގަތަރު ޗެރިޓީގެ ފަރާތ...

މާފަންނު ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
Raajje

މާފަންނު ގެޔަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާފަންނުގައި ހުރި ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 9:53 ހާއިރު މީހަކު މަރުވެގެން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ މ.ތަރިވިލާގޭ އުމުރުން 41 އަހަރުގެ ޙުސައިން މުޙައްމަދު ކަމަށެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމާށާއި މިމައްސަލައިގެ އިތުރު ތަޙުޤީގުތައް ކުރިއަށް ގެންދާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފެން ނުހިނދޭތީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
Raajje

ފެން ނުހިނދޭތީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި

ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މާލެސިޓީ ކައުންސިލުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިވަގުތު މާލެ ސަރަޙައްދަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެންކަމަށެވެ. މިވިއްސާރައާއެކު ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗިއާއި 9 އިންޗީގެ މިންވަރަކަށް ހަރުލާފައި ހުރުމުގެ ސަބަބުން މައްޔިތާ ވަޅުލުމަށް ވަޅުކޮނެ ސަންދޯއް ބެހެއްޓުމުގައި ގިނަގުނަ ދަތިތަކެއް ކުރިމަތިވާތީއެވެ. “މިއަދުން ފެށި...

ގްރޭޑް 8،9 ގެ ދަރިވަރުންގެ އޯ ލެވެލް ހަދާނީ 2026ގައި
Raajje

ގްރޭޑް 8،9 ގެ ދަރިވަރުންގެ އޯ ލެވެލް ހަދާނީ 2026ގައި

2025 ވަނަ އަހަރު ފެށުނު އިރު ގްރޭޑް 8 އަދި 9 ގައި ތިބި ދަރިވަރުންގެ އޯލެވެލް އޮންނާނީ 2026 ވަނަ އަހަރު ކަމަށް އަންގައިފި އެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިކަން ސްކޫލްތަކަށް އަންގާފައިވަނީ ސުކޫލުތަކަށް ފޮނުވި ސަރކިއުލަރ އަކުން ނެވެ. ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ ޝަފީޢު ސޮއިކޮށްފައިވާ މިސަރކިއުލަރ ގައި ބުނެފައިވަނީ، ދިރާސީ އަހަރަށް ގެނެވުނު ބަދަލުތަކާއެކު އޯލެވެލް ނިންމާ ދަރިވަރުންގެ އިމްތިޙާނުތަކަށްވެސް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ގްރޭޑް 9ގައި ކިޔަވާ […]

"ދަރުމަ" މަޖައްލާ އަލުން ނެރެން ފަށައިފި
Raajje

"ދަރުމަ" މަޖައްލާ އަލުން ނެރެން ފަށައިފި

ދިވެހިންގެ ތެރޭގައި މަޤްބޫލުވި މަޖައްލާ “ދަރުމަ” 12 އަހަރުގެ މެދުކެނޑުމަކަށްފަހު ފަހު އަލުން ނެރެންފަށައިފިއެވެ. “ދަރުމަ” މަޖައްލާގެ ދެވަނަ އިސްދާރުގެ އެޑިޓަރަކީ އައްޝައިޚް މުޙައްމަދު އަފްޟަލްއެވެ. އަފްޟަލަކީ “ދަރުމަ” މަޖައްލާގެ ކުރީގެ އެޑިޓަރު ސަލީމުގެ އަރިހުގައި އެ މަޖައްލާ ނެރުމުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭރު އަފްޟަލް ވަނީ “ދަރުމަ” މަޖައްލާގެ ގްރެފިކްސް އެންޑް ލޭއައުޓް ޑިޒައިނިންގ މަސައްކަތް 6 އަހަރާއި 9މަސް ދުވަހު ކުރައްވާފައެވެ. އަދި އެއިސްދާރުގެ ޑެޕިއުޓީ އެޑިޓަރުކަން 2 އަހަރާއި 2...

ކުންފުނިތަކަށް ދައްކަންޖެހޭ 500 މިލިއަނެއްހާ ރުފިޔާ ދޫކުރަނީ
Raajje

ކުންފުނިތަކަށް ދައްކަންޖެހޭ 500 މިލިއަނެއްހާ ރުފިޔާ ދޫކުރަނީ

ދިވެހި ދައުލަތުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ 500 މިލިއަނެއްހާ ރުފިޔާ މިހާރުވެސް ދޫކުރަން ފަށާފައިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ގއ އަދި ގދ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ ގދ ހޯނޑެއްދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ވިދާޅުވީ، މިހަފްތާގަވެސް މާލީ ވުޒާރައިން އެކިއެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކ...

ގޯލްޑަން ގްލޯބް ގުޑީ ބޭގެއްގައި ރާއްޖެއަށް ދަތުރެއް
International

ގޯލްޑަން ގްލޯބް ގުޑީ ބޭގެއްގައި ރާއްޖެއަށް ދަތުރެއް

ގޯލްޑަން ގްލޯބް އެވޯޑްސްގައި ބައިވެރިވާ މަޝްހޫރު ތަރިންނަށް ދިން ހަދިޔާ ދަބަސްތަކުގައި (ގުޑީ ބޭގެއް)ގެ އަގު އެއް މިލިއަން ޑޮލަރަށް އަރާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އެވޯޑްސް ރޭ ބާއްވާފައިވާއިރު، ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަދިޔާ ދަބަހުގައި ހިމެނޭ ތަކެތީގެ ދިގު ލިސްޓެއް ވެއެވެ. ނަމަވެސް މަޝްހޫރު ތަރިންނަށް އޭގެ ތެރެއިން ހަމައެކަނި 9 އައިޓަމެއް އިޚްތިޔާރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ގުޑީ ބޭގް ލިބޭ ކޮންމެ މީހަކަށްވެސް ރަސްމީ ސުއޭޑް ބޭގެއް […]

ސޫޝީ ރެސްޓޯރަންޓްތަކުން 1.3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފި
International

ސޫޝީ ރެސްޓޯރަންޓްތަކުން 1.3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފި

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުރި ސޫޝީ ރެސްޓޯރަންޓްތަކުން މޯޓަރސައިކަލެއްގެ ސައިޒާއި ބަރުދަނުގެ ކަންނެއްޏެއް 207 މިލިއަން ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) އަށް ގަނެފައިވާ ކަމަށް ބުނެފިއެވެ. މިއީ ޓޯކިޔޯގެ ޓޯޔޯސު މަސްމާރުކޭޓުގައި ކޮންމެ އަހަރަކު ބާއްވާ އައު އަހަރުގެ ނީލަމުގައި މިހާތަނަށް ދެވަނައަށް އެންމެ މަތީ އަގު ދީގެން ގަނެފައިވާ މަހެވެ. 276 ކިލޯގްރާމް (608 ޕައުންޑް) ގެ މި ބްލޫފިން ޓޫނާ މަސް ގަތީ އޮނޮދެރާ ގްރޫޕުންނެވެ. އޮނޮދެރާ ގްރޫޕުގެ އޮފިޝަލެއް ކަމަށްވާ […]

''4 އަހަރު ތެރޭގައި ކާރިސާތަކުން އަރައިގަތުމަށް ވަސީލަތްތައް ފޯރުކޮށްދެވޭނެ''
Raajje

''4 އަހަރު ތެރޭގައި ކާރިސާތަކުން އަރައިގަތުމަށް ވަސީލަތްތައް ފޯރުކޮށްދެވޭނެ''

ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ނުދެވިވާ ރަށްރަށަށް ކުރިއަށް އޮތް 4 އަހަރު ތެރޭގައި މިވަސީލަތްތައް ފޯރުކޮށްދެވޭނެކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ. ހިސާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ހިސާން ވިދާޅުވީ އެންޑީއެމްއޭގެ ޒިންމާގެ ބޮޑު ބައެއް އޮންނަނީ ވިލުންވެރި މުޖްތަމައެއް ބިނާ ކުރުމަށްކަމަށެވެ. އެގޮތުން މިހާރު ކުރ...

ޕާކިސްތާނުގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
Raajje

ޕާކިސްތާނުގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައެވެ. ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުގެ ފަތްކޮޅު ރައީސް މުޢ...