ހުޅުމާލޭ ބޮޑު މިސްކިތް، މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) މިއަހަރުގެ ރަމަޟާންމަހުގެ ކުރިން މަރާމާތުކޮށް އާބާތުރަފިލުވުމަށް އުރީދޫ މޯލްޑިވްސް އިން ހަވާލުވެއްޖެއެވެ.
މިމަސައްްކަތް އުރީދޫން ކުރަނީ ގަތަރުގެ ގަތަރު ޗެރިޓީއާ ގުޅިގެންނެވެ.
މިކަން ފާހަގަކުރުމަށް ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަދި އެމްޑީ ޚާލިދު އަލް ހަމާދީ އެވެ. ގަތަރު ޗެރިޓީގެ ފަރާތުން އެ އެންޖީއޯގެ ޗީފް މާކެޓިންގ އޮފިސަރ އަޙްމަދު ފަޚޫރުއެވެ.
ސޮއިކުރުމުގެ މިރަސްމިއޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗެއަރޕާސަން ފާޠިމާ ޞުލްޠާން ކުވާރީ ބައިވެރިވެ ވަޑައިގަތެވެ.

މިމިސްކިތަކީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިހިސާބުން އެތަނުގައި އެޅި ދައިމީ ފުރަތަމަ މިސްކިތެވެ. 1800އަށްވުރެ ގިނަ މީހުނަށް ނަމާދުކުރެވޭނެ ޖާގަ އޮންނަ މިމިސްކިތް ހުޅުވާފައިނީ 2006 ވަނަ އަހަރުއެވެ.
އުރީދޫއިން ހާމަކުރާ ގޮތުގައި އާބާތުރަ ފިލުވުމާއި އޭސީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވީހާވެސް އަވަސް ސްޕީޑެއްގައި ރޯދައަށް މަސައްކަތް ނިންމޭނޭ ގޮތަކަށް ރާވައިގެންނެވެ. މިސްކިތުގެ މިމަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދާނީ މިސްކިތް ބޭނުންކުރައްވާ ފަރާތްތަކަށް ދަތިނުވާނެ އިންތިޒާމެއްގެ ތެރެއިންނެވެ.
"ރަމަޟާން މަހަކީ ގިނަބަޔަކު އަޅުކންކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް. މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ޝަރަފެއް. އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް." މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ..
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!