ވިއްސާރާގައި މާލޭގައި ފެންބޮޑުވެ 27 ގޭބިސީއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން މާލޭގެ ދެ ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

Ad
rt

މިހާތަނަށް 27 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ފަތިހު 5:31 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޑީއެފުން ބުނެފަވެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިންގޮތުގައި، އެ އިދާރާގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފެންހިންދުމަށް, މިހާރު މާލޭގެ 9 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުންނެވެ.

ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ

''ފެން ހިންދުމުގެ މަސައްކަތްކުރަމުންދާ ސަރަހައްދުތައް ވެސްޓްޕާކް، އައިޖީއެމްއެޗް ސަރަހައްދު، ވިލިމާލެ ފެރީ ޓާމިނަލް، ސަލްމާން މިސްކިތް ސަރަހައްދު، ބޮޑު ވަޅު، ދަރުބާރުގެ ސަރަހައްދު، ހަވީރީހިނގުން އަދި ސޯޝަލް ސެންޓަރު ކައިރި'' އެމްއެންޑީއެފުން ބުނެފަވެއެވެ.

މާލޭގައި ފެންބޮޑުވާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައި ވަނީ، ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެއްސުމާއި ފެން ހިއްކުމުގެ މަަސައްކަތް ދިވެހި ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަކަމަށެވެ.