ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމާފައިވާތީ، އެ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ޕީޕީއެމް އުވާލުމުގެ މަސައްކަތް ކުރަމުން އަންނާތީ އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އީސީން ވަނީ އެދިފައެވެ.

Ad
rt

އީސީން އިތުރަށް ބުނީ ޕީޕީއެމް އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރުމުގެ އިހްތިޔާރު މިހާރު އެ ޕާޓީއަށް ލިބިގެން ނުވާކަމަށެވެ.

ޕީޕީއެމް އާއި ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުހަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދިއުމަށް އީސީން ވަނީ އެދިފައެވެ.