2025 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ.
ބަޖެޓް މަޖިލީހުން ފާސްކުރުމަށް ނެގި ވޯޓުގައި 70 މެންބަރަކު ވަނީ ބަޖެޓް ފާސް ކުރުމަށް ވޯޓު ދެއްވާފައެވެ.
އަންނަ އަހަރާށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
ސަރުކާރުން މިފަހަރު ހުށަހަޅާފައިވާ ބެޖެޓަކީ، މިފަހުން ހުށަހެޅި އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ.
މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!