"މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ ވިމެން އޮފް ޑިސްޓިންކްޝަން އެވޯޑު ޤައުމީ ފެންކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފަކަށް ލިބިއްޖެއެވެ.
އެ އެވޯޑު ހާސިލްކޮށްފައިވަނީ ފެންކުންފުނީގެ އެޗްއާރު މެނޭޖަރު ޝާހިދާ އަހުމަދެވެ. އެ އެވޯޑު ޝާހިދާއާއި ހަވާލުކޮށްދެއްވީ ރޭ ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ބޭއްވި "މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ އެވޯޑު ހަފުލާގައައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއެވެ.
އެ އެވޯޑް ޝާހިދާއަށް ލިބުނީ ހިއުމަން ކެޕިޓަލް އިން އިންތިޒާމުކޮށްގެން ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ރޭ ބޭއްވި "މޯލްޑިވްސް އެޗްއާރު އެވޯޑްސް 2019"ގެ އެވޯޑު ހަފުލާގައެވެ. ވިމެން އޮފް ޑިސްޓިންކްޝަންގެ އެވޯޑަކީ އެޗްއާރުގެ ދާއިރާގައި ކާމިޔާބީތައް ހޯދާ އަންހެނުންގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.
ޝާހިދާއަކީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން އޭނާ ވަނީ މެނޭޖްމަންޓް ދާއިރާ އިން ގްރެޖުއޭޓް ސެޓްފިކެޓާއި ހިއުމަން ރިސޯސް މެނޭޖްމަންޓުން އެޑްވާންސް ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ.
އެމްޑަބްލިޔުއެސްސީގައި 21 އަހަރު ވަޒީފާ އަދާކުރައްވާފައިވާ ޝާހިދާ ވަނީ 2018ގެ މޯސްޓް ޓެލެންޓަޑް އެޗްއާރު ލީޑާސް އެވޯޑާއި އެމްޑަބްލިޔުއެސްސީގެ އަހަރުގެ އެންމެ ހިންގުންތެރި މުވައްޒަފުގެ އެވޯޑު ވެސް ހޯދައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!