ރަށުތެރޭގަ ހަދާފައިވާ ޒަމާނީ ބިލްޑިންގެއް، ހިތްގައިމު ބީޗް ރެސޯރޓެއް، ނުވަތަ ނަން މައްޝޫރު ރެސްޓޯރެންޓެއްގައި ކާލައި ، މިފަދަ އެތަށް ތަނެއްގައި ވަގުތު ހޭދަ ކޮށްލުމުގެ ފުރުސަތު ޔުނައިޓަޑް އެރޭބް އެމިރޭޓްސް (ޔޫއޭއީ) އިން ލިބިގެންދެއެވެ. ނަމަވެސް ހިތްގައިމު ވޯޓަރ ވިލާއެއްގައި ޗުއްޓީ ހޭދަ ކޮށްލުމުގެ ފުރުސަތު މީގެ ކުރިން ޔޫއޭއީ އިން ލިބަފައްނުވެއެވެ.
އެޤައުމުން ނުލިބިއޮތް މިއުފާ ލިބޭނެ ކަމުގެ ޚަބަރު މިހާރުމިވަނީ ތިލަވެފައެވެ. އެގޮތުން ޔޫއޭއީގެ އެންމެ ފުރަތަމަ " އެކޯ ރިސޯރޓް ރަސް އަލް ހައިމާ" މިއަހަރު ހުޅުވާގޮތަށް ވަނީ ނިންމާފައެވެ. އަނަންތަރާ މިނާ އަލް އަރޭބް ރަސް އަލް ހައިމާ ރިސޯރޓަކީ، ރާއްޖޭގައި ހުންނަ ކަހަލަ ވޯޓަރ ވިލާ ތަކާއެކު މިނާ އަލް އަރޭބް ޑިވެލޮޕްމަންޓުގައި މިއަހަރު ފަހުކޮޅު ރަސްމީކޮށް ހުޅުވުމަށް ޝެޑިއުލް ކޮށްފައިވާ ލަގްޒަރީ ރިޒޯޓެކެވެ.
174 ކޮޓަރީގެ މިރިޒޯޓަކީ ޕްރައިވެޓް ބީޗަކާއި ހިތްގައިމު ކުޅިތަށް އެކުލެވޭގޮތަށް ހަދާފައިވާ ރިޒޯޓެކެވެ. ދުބާއީން ފުރައިގެން 1 ގަޑިއިރުން ދެވޭ ރަސް އަލް ހައިމާ އަކީ ދިވެހިރާއްޖޭގައި ހަދާފައިވާ މޫދު ކޮޓަރި ތައް އަސްލަކަން ބަލައިގެން ތައްޔާރުކުރެވޭ މިފަދަ ފުރަތަމަ ރިޒޯޓެވެ. މިކޮޓަރި ތައް ހަދާފައިވަނީ މޫދު ލައުންޖަކާއި ކޮންމެ ކޮޓަރިއެއްގައި ކުޑަޕޫލެއް ހިމަނައިގެންނެވެ.
މިރިސޯޓާއި ބެހޭ މާގިނަ މައުލޫމާތު ތަކެއް އަދި ހާމަ ކޮށްފައިނުވި ނަމަވެސް، އަނަންތަރާ ސްޕާ އަކާއި މޫދު ރެސްޓޯރެންޓެއް ހިމެނޭގޮތަށް ތަފާތު އެކި ވައްތަރުގެ ރެސްޓޯރެންޓް ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ. މިނާ އަލް އަރަބްއަކީ އެކޯ ރިޒޯރޓެއް ހެދުމަށް ގުދުރަތީ ހިތްގައިމުކަން އެކުލެވިގެންވާ ރީތި ގޮޑުދޮށާއި، ފެހި ގަސްތަކުން ފުރިގެންވާ ތަނެކެވެ.
ޔޫއޭއީގެ އެމިރޭޓްސް ގައި އަނަންތަރާ މިނާ އަލް އަރޭބް އޮތުމުން ޗުއްޓީ ހޭދަކުރާ މީހުންނަށް ހާޖަރް ފަރުބަދަ، ވާދީ އަދި ސަހަރާ ތަށް ބަލާލަން ދާންވެސް ފަސޭހަވެގެން ދާނެކަމަށްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!