ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރާ އެ ކުއްޖާގެ ބައްޕަ ފަރާތު، ކާފަ އަދާކުރަމުނ ްދިޔަ މުދިމުގެ ކަމުގެ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ބުނީ ގއ. ކަނޑުހުޅުދޫ، ރިހިވެހި، އިބްރާހިމް ދީދީ، 62އ. މައްޗަށް ކުޑަ ކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން އޭނާ މިސްކިތުގެ އިމާމު ކަމުގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި އެ ރަށުން ހައްޔަރުކޮށް، ބަންދަށް 15 ދުވަސްވެސް ޖަހައި ދޫނި ދޫގައި ހައްޔަރުކޮށްފައެވެ. އޭނާ މިއަދު ހެނދުނު މާލެ ގެނައީ، އެކަމުގައި ތުހުމަތު ކުރެވޭ އެކުއްޖާގެ މުނި ކާފައާއިވެސް އެކުގައެވެ. މުނި ކާފަވެސްވަނީ ދޫނި ދޫގައި ހައްޔަރުކޮށްފައެވެ.

ކަނޑުހުޅުދޫން އެ ދެ މީހުން ހައްޔަރު ކުރީ އިއްޔެ ހަވީރު 3:15 ހާއިރެވެ.

ގެ އިތުރުން އަނިޔާ ލިބުނު ތުއްތު ކުއްޖާގެ ބައްޕަ ވެސް ހުޅުމާލެ ފްލެޓެއްގައި އޮއްވާ ފުލުހުން ވަނީ އޭނާ ރޭ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އޭނާ ހައްޔަރުކުރީ އާންމުން އެ ފްލެޓްގެ ބޭރުގައި، އޭނާ ހައްޔަރު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.