އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފެށުމަށް ބޭނުންވާ ދެވަނަ ބޯޓު ހދ. ކުޅުދުއްފުށީ ސިޓީގައި އިއްޔެ ބަނދަރުކޮށްފިއެވެ.

މި މަސައްކަތަށް ބޭނުންވާ ފުރަތަމަ ބޯޓު 9 ސެޕްޓެމްބަރު 2024 ގައި ކުޅުދުއްފުށީގައި ވަނީ ބަނދަރުކޮށްފައެވެ.

Ad
rt

އިގްތިސާދާއި ވިޔަފާރިއާއިބެހޭ ވުޒާރާއިން ބުނީ، ރާއްޖޭގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯއިން ގެނައި ދެވަނަ ބޯޓު ވެސް މިހާރު ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާ ކަމަށެވެ.

"މެރިން ބެއްލާ" ކިޔާ މިބޯޓަކީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލުމުގެ ގާބިލުކަން ހުރި ބޯޓެއްކަމަށް އިގްތިސޯދީ ވުޒާރާއިން ވަނީ ބުނެފައެވެ.

އުތުރުގައި ބަންކަރިން ޚިދުމަތްފެށުމަށް ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި

މި މަޝްރޫޢުއަށް ބޭނުންކުރުމަށް ފުރަމަ ގެނައި ''މެރިން އެންޖެލް'' ކިޔާ އުޅަނދަކީ 3258 މެޓްރިކް ޓަނުގެ ތެލާއެކު ދަތުކުކުރެވޭ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ މި ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވެސް މިހާރު ވަނީ ގެންގޮސްފައެވެ.

މި މަޝްރޫޢު ހިންގަނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިސްވެ އޮވެއެވެ.