އެހެން ފަރާތަކަށް ހަދިޔާކުރާނެ އެއްޗެއް އެބައޮތްތޯ؟
ބޭނުންކޮށްފަ ހުންނަތަކެތިވެސް އަނެކާއަށް ބޭނުން ކުރެވޭ ހާލަތުގައިވާނަމަ ހަދިޔާ ކުރެއްވިދާނެ. ތަކެތީގެ މަޢުލޫމާތާއި ފޮޓޯ GIVEaway އަށް ފޮނުއްވާ!
ތިޔަބޭފުޅާގެ ހޭދައިގައި ﷲ سبحانه و تعالى ބަރަކާތް ލައްވާށި!
މިއީ އެޕޭޖަކަށް ވަނުމުން އެންމެ ފުރަތަމަ ފެންނަން އިންނަ ބަސްކޮޅެވެ. މިއީ މިއަދު ފޭސްބުކްގައި އެތައްބަޔަކަށް އެހީތެރިވަމުން އަންނަ ފޭސްބުކް ޕޭޖެކެވެ. އެހީތެރިކަމަށް ބޭނުންވެފައިތިބި މީހުންނާއި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައި ތިބި މީހުން ގުޅުވައިދިނުމުގައި މެދުވެރިޔެއްގެ ރޯލު އަދާ ކުރަމުން އަންނަ އެތައްބަޔެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ފޭސްބުކް ޕޭޖެކެވެ.
އަސްލު ގިވްއަވޭ ޕޭޖް ގެ މަޤްސަދަކީ ބޭނުން ކޮށްފަ ހުންނަ ތަކެތީގެ ތެރެއިން އަނެކާ އަށް ބޭނުން ހިފޭ ތަކެތި ހަދިޔާ ކޮށްލުމުގެ ޕްލެޓްފޯމެއް ގާއިމްކޮށްލަ ދިނުން
ތިލަދުންއަށް މަޢުލޫމާތުދެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "ގިވް އަވޭ" ޕޭޖުގެ އެޑްމިން ބުނެފައިވެއެވެ.
ގިވްއަވޭގައި ޕޯސްޓްކޮށްފައިވާ އެއްޗެއް ބޭނުންވެގެން ކޮމެންޓްބައިގައި ރިކުއެސްޓް ކުރުމުން، ގިވްއަވޭކުރާ ފަރާތުން އެއެއްޗެއް އެއްވެސް ފަރާތަކަށް ހަދިޔާނުކޮށް އޮތްނަމަ މެސެންޖަރއިން ޖަވާބުދޭނެ. ތަކެތިހަދިޔާ ކުރާފަރާތް ނިންމަވާނީ ހަދިޔާކުރާ ފަރާތުން. އެންމެ ފުރަތަމަ ރިކުއެސްޓްކުރާ ފަރާތްތަކަށް އިސްކަންދެވޭނެ .ޝުކުރިއްޔާ!
އެޕޭޖްގައި ބުނެފައިވެއެވެ.
އާންމުންގެ މެދުގައި މިހާރު މަޤުބޫލުކަން ހޯދާފައިވާ ޕޭޖްގެ އެޑްމިން ބުނީ އެއްޗެއް ހަދިޔާ ކުރަން އެ ހަދިޔާ ކުރާ އެއްޗެއްގެ މައުލޫމާތު ޕޭޖްއަށް މެސެޖަކުން ފޮނުވީމަ ރަނގަޅު ވާނެކަމަށެވެ. ނުވަތަ އެ އެއްޗެއްގެ ޕޮޓޯ ފޮނުވާނީ، ނޫން ނަމަ އަމިއްލައަށް ޕޭޖްގަ ޕޯސްޓެއް ގޮތަށް ޖެހިދާނެ، އަނެކާ އަށް ބޭނުން ހިފޭ ކޮންމެ އެއްޗެއް ހަދިޔާ ކުރެވިދާނެ. ހިފާ ގެންގުޅޭ ސާމާނުން ފެށިގެން ފަރނީޗަރ ވެސް ހަދިޔާ ކުރެވިދާނެކަމަށާއި ފައިސާގެ އެހީ ޕޭޖް މެދުވެރިކޮން އަނެކާއަށް ހަދިޔާ ކުރަން ހިތްވަރު ނުދޭކަމަށް އެފަރާތުން ބުނެފައިވެއެވެ.
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ހަދިޔާ ކުރެވިދާނެ. އެކަމަކު ހަވާލު ވާ ފަރާތުން ހަވާލު ވެވޭނެ ގޮތް އިންތިޒާމު ކުރަން ވާނެ. މިސާލަކަށް ބޯޓަކަށް ލާފަ މެސެޖު ފޮނުވީމަ ހަވާލު ވާން އަންނަ ގޮތައް. ހަދިޔާ ކުރާނެ ފަރާތެއް ކަނޑަ އަޅާނީ ހަދިޔާ ކުރާ ފަރާތުން. ގިނަ ފަހަރަށް އެންމެ ފުރަތަމަ ރިކުއެސްޓް ކުރާ ފަރާތް. އެއްޗެއް ޕޮސްޓް ކުރީމަ ކޮމެންޓް ގަ ރިކުއެސްޓު ކުރާނީ. އޭރުން ހަދިޔާ ކުރާ ފަރާތުން އެފަރާތަށް ޕްރައިވެޓް މެސެޖް ކުރާނެ.
މިކަން ހިނގާގޮތާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޕޭޖުގެ އެޑްމިން ބުނެފައިވެއެވެ.
އެފަރާތުން އިތުރަށްބުނީ ހުރިހާ ބާވަތެއްގެ އެއްޗެހިވެސް ހަދިޔާ ކުރެވޭނެ ކަމަށާއި އެންމެ ގިނައިން ހަދިޔާ ކުރަނީ އަންނައުނުގެ ބާވަތްތައްކަމަށް އެފަރާތުން ބުނެފައިވެއެވެ.
މިޕޭޖުގައި ތަކެތި ހަދިޔާ ކުރާ ފަރާތަކުން ބުނީ ގޭގައި ގެންގުޅޭ ސާމާނު ނުވަތަ ކުޑަކުދިން ކުޅޭ ސާމާނު ނުވަތަ އަންނައުނު ބަހައްޓާނެ ތަނެއް ނެތިގެން ކުރިން އުކާލާ ކަމަށެވެ. ނަމަވެސް މިހާރު މަރާމާތުކޮށްލައިގެން ނުވަތަ ކިރިޔާވެސް ބޭނުން ކުރެވޭ އެއްޗެއްނަމަ ޕޭޖް މެދުވެރިކޮން ކޮންމެވެސް މީހަކަށް ހަދިޔާ ކުރާ ކަމަށެވެ. ހަދިޔާ ކުރަނީ އަހަރެންކަން ނޭންގޭނެ ބަލާ އަންނަ މީހާއަށް ނޫނިއްޔާ، ޕޭޖްއަށް ފޮޓޯ ފޮނުވުމުން ފޮޓޯ އަޕްލޯޑް ކުރާއިރަށް ބޭނުންވާ މީހުން ރިކުއެސްޓް އައުމުން އެމީހަކަށް މެސެޖުކޮށް ބަލާ އަންނަންވީތަން އަންގާލަނީ، ބަލާ އައުމުން ހަވާލުކޮށްލަނީ އެހިސާބުން އެނިމުނީ، މިކަހަލަ ޕޭޖެއް އައުނުން ވަރަށް ފަސޭހަކަކަމަށް އެފަރާތުން ބުނެފައިވެއެވެ.
މަޤްސަދަކީ ކުޑަ ދުވަސް ކޮޅަކު ބޭނުންކޮށްފަ ނުވަތަ މުޅިން އާ އެއްޗެހި ބޭނުން ޖެހިފައިވާ ފަރާތް ތަކަށް ހަދިޔާ ކުރުންކަމަށާއި ތަކެތި އުކާލުމުގެ ބަދަލުގައި ނުވަތަ ފޮރުވާފަ ބެހެއްޓުމުގެ ބަދަލުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގައެވެ. ޕޭޖްއިން ކޮށްދޭ ކަމަކީ ދެފާރާތުގެ ދެމެދުގައި ލިންކްއެއް އަޅައިދިނުންކަމަށް އެފަރާތުން ބުނެފައި ވެއެވެ.
މިޕޭޖް އިން އެދޭ ހަމަ އެކަނި އެދުމަކީ އަދިވެސް ގިނަ ފަރާތް ތަކަކަށް ޕޭޖް ފޯރުކޮށްދީ އެހީތެރިކަމަށް ބޭނުންވެފައި ތިބޭ ފަރާތްތަކާއި އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް ޕޭޖް އަންގާލަ ދިނުމެވެ. ޕޭޖް އަށް ލައިކް ދެއްވުމަށްފަހު ޕޯސްޓުތައް ސެއަރ ކޮށްދިނުމުން މިމަސައްކަތުގައި ތިޔަ ފަރާތުގެ ބައިވެރިވުންވެސް ލިބިގެން ދިއުމެވެ.
މިޕޭޖްގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. މިވަގުތު 10000 މީހުންނާއި ގާތައް ޕޭޖްއަށް ވަނީ ލައިކް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!