ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ކާލް ސްޓުމްކަ އިއްޔެ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ކާލް ސްޓުމްކަ އެ މަޤާމުން އިސްތިއުފާ ދެއްވާފައިމިވަނީ، ބޭންކާ ދެކޮޅު ފަރާތްތަކުން މާލީ ބަޣާވާތެއް ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ބީއެމްއެލްއިން ބައެއް ލިޔެކިޔުންތައް ހޯދާފައެވެ.
ބޭންކުން ހާމަކުރި ގޮތުގައި، ސްޓުމްކަ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް މަޤާމުގައި ދެމިހުންނަވާނެއެވެ.
އާ ސީއީއޯއެއް އައްޔަންކުރެވެންދެން ބޭންކުގެ ހިންގުމުގެ ޒިންމާ އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ކަމަށް ބޭންކުން ބުނެފައިވެއެވެ. ނަމަވެސް، ފާހަގަކޮށްލެވޭ ކަމަކީ އާއިޝަތު ނޫރައްދީން ވަނީ މިދިޔަ މަހު ބޭންކުގެ ބޯޑުން އިސްތިއުފާ ދެއްވާފައިވުމެވެ. އެހެންނަމަވެސް، އޭނާ އަދިވެސް ޑެޕިއުޓީ ސީއީއޯގެ މަޤާމުގައި ދެމިހުންނެވި އެވެ.
އޭނާ މި މަޤާމާ ޙަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!