މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި މިއަދު ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ބުނި ގޮތުގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ވަނީ ޒަހަމްވެފައި އޮއްވައި ފެނިފައެވެ.

Ad
rt

ޒަހަމްވެފައި އޮތް މީހާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށާއި، މިވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

ނަމަވެސް، އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނުވަތަ ޒަހަމްވެފައި އޮތީ ކޮން ގޮތަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، ހާދިސާ ހިނގި ތަނުގައި ފުލުހުންގެ ތަހުގީގު ޓީމު މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.