ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް ގެންނަންފެންނަ ބަދަލުތައް ދެނެގަތުމަށް ހެދި ފުރަތަމަ ދިރާސާ މިއަދު އާންމުކޮށްފިއެވެ.

މި ދިރާސާ ހަދާފައި ވަނީ ޤައުމީ ޔުނިވާސިޓ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނެވެ.

Ad
rt

ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި އެމްއެންޔޫއިން ހެދި މި ދިރާސާ މިއަދު އާންމުކޮށްފައި ވަނީ، އެ ދިރާސާ ހެދި ޓީމްގައި ހިމެނިވަޑައިގެންނަވައި 8 ބޭފުޅުންގެ ޕްރެޒެންޓޭޝަނާ އެކުގައެވެ.

މި ދިރާސާ ހަދާފައި ވަނީ އެމްއެންޔޫގެ ފަރާތުން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށްގެންނެވެ. މިގޮތުން އުތުރާއި މެދުރާއްޖެ އަދި ދެކުނު ހިމެނޭގޮތަށް 1155 މީހުންނާއި މި ދިރާސާގައި އިންޓަވިއުކޮށްފަވެއެވެ.

ދިރާސާގެ ސުވާލުތަކަށް ޖަވާބު ހޯދުމަށް އެމްއެންޔޫގެ ޓީމު މީހުން ހޮވާލާފައި ވަނީ ކޮންމެ ސަރަޙައްދަކުން އާބާދީގެ ނިސްބަތުން ކުދި އަދި މެދު ފަންތީގެ ރަށްތަކަށް ދަތުރުކޮށްގެންނެވެ.

މި ދިރާސާގެ މަޤްޞަދަކީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން ޖެހޭ އިޞްލާޙުތަކަކީ ކޮބައިކަން ދެނެގަތުމަށް ޓަކައި ލާމަރުކަޒީ ނިޒާމް ޤާއިމްކުރުމުން ދެކޭ ތަޞައްވަރުތަކާއި ހުރި ގޮންޖެހުންތައް އަދި އަސަރުތައް ދެނެގަތުމެވެ.

މި ދިރާސާގައި އަމާޒުކޮށްފައިވާ މުހިންމު ބައިތައް

  • ލާމަރުކަޒީ ޤާނޫނުގައި ހުރި އުނި ކަންކަން ދެމެގަތުން
  • ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި، ލާމަރުކަޒީ ނިޒާމުގެ ފައިދާތަކާއި، ގޮންޖެހުންތައް ދެނެގަތުން
  • މިހާރުގެ ކައުންސިލަރުންގެ ޢަދަދަކީ އާބާދީ ސައިޒަށް އެކަށީގެންވާ ޢަދަދެއް ކަމަށް ޤަބޫލްކުރާ މިންވަރު
  • އާބާދީގެ ސައިޒަށް ބަލައިގެން ކައުންސިލަރުންގެ ޢަދަދު ހަމަޖައްސަންޖެހޭ ކަމަށް ޤަބޫލްކުރާ މިންގަޑު

މި ދިރާސާއަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން އެމްއެންޔޫއާއި ހަވާލުކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.

މި ދިރާސާ ހެދިއިރު، ލާމަރުކަޒީ ޤާނޫނަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.