ތަޙްފީޡިލް ޤުރުއާނިލް ކަރީމްގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކާއި ގުޅިގެން އެ ޖަމިއްޔާއިން ހިންގަމުންގެންދާ ކީރިތި ޤުރުއާން ޚިފްޡު ކޮށްދޭ މަޝްރޫޢު "އަތޮޅު ޙިފްޡް މަޝްރޫޢު" ގެ އައު ބެޗެއް ފެށުމަށް ޓަކައި ކޮންމެ އަތޮޅެއްގެ ރަށަކުން 2 ދަރިވަރަކަށް ހޮވުމަށް ގެންދާ ފުރުސަތުގެ ދަށުން ހއ.އަތޮޅުގެ ރަށްތަކުން ބައިވެރިން ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޖަމްޢިއްޔަތު ތަޙްފީޡިލް ކަރީމް އަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓްގައި ރަޖިސްޓްރީކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

Ad
rt

އެ ޖަމިއްޔާއިން އަތޮޅުތަކަށް ހިފްޡު ޕްރޮގްރާމް ހުޅުވާލައި އާންމުކޮށްފައި ވާ މައުލޫމާތު ޝީޓުގައި، މި ޕްރޮގްރާމައި ގުޅޭ ވަރަށް ގިން މުހިންމު މައުލޫމާތުތަކެއް ވަނީ ހިމަނާފައެވެ.

މި ޕްރޮގްރާމަކީ ދަރިވަރުން އަތުން ފީއެއް ނެގުމެއްނެތި ހިލޭ ހިންގާ ޕްރޮގްރާމެކެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭ ކީރިތި ޤުރުއާން ހިފްޡުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށް އެ ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޕާޝަނަލް ޑިވެލޮޕްމެންޓް ބަޔަކާއި، ތަޖުވީދު އަދި ކީރިތި ޤުރުއާން ކިޔެވުމުގެ އަޑާއި ރާގު ގެންގުޅޭ ގޮތުގެ ތަމްރީން ދިނުމުގެ އިތުރުން އިތުރު ހާފިޡުންނާއިއެކު މުރާޖާ ކްލާސްތައް ކުރިއަށް ގެންދާނެއެވެ.

ހިތުން ދަސްވުމާއި ހަމައަށް ކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ގްރޫޕް ކްލާސްތަކެއްގެ ގޮތުގައެވެ. ނަމަވެސް ހިތުން ދަސްކޮށް ނިމުމުން، މުރާޖާ ކްލާހެއް ހިފްޡުކޮށް ނިންމާ ކޮންމެ ކުއްޖަކަށް ވަކިން ހަފްތާއަކު ފަސްދުވަހު ކުރިއަށްދާނެއެވެ. މުރާޖާ ކުރުމާއިއެކު ޕްރޮގްރާމްގެ މުއްދަތަކީ އެއް އަހަރާއި ފަސްމަސް ދުވަހެވެ.

ޕްރޮގްރާމް އަމާޒު ކުރެވިފައި ވަނީ ރެޔަކާއި ދުވާލު މަދުވެގެން ތިން ގަޑިއިރު ހިފްޡު ކުރުމުގެ މަސައްކަތަށް ވަގުތު ހުސްކުރެވޭ، ހަތިމުގެ ހުރިހާ ހިސާބަކުން ބަލައިގެން ފަރިތަކަމާއިއެކު ކިޔަން އެނގޭ އަދި ތަޖުވީދުގެ ހަމަތައް ފުދޭވަރަށް އެނގޭ އުމުރުން 8 އަހަރުން މަތީގެ ސްކޫލް ކުދިންނަށެވެ.

ކީރިތި ޤުރުއާން ހިފްޡު ކުރުމަކީ ކެއްތެރިކަމާއި ހިތްވަރު ބޭނުންވާނެ ކަމަކަށްވާތީ، ޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަކީ އެފަދަ އަޒުމް އޮތް ކުދިންނަށް ވުން ލާޒިމެވެ.

ޕްރޮގްރާމްގެ ފުރަތަމަ ހަތަރު މަހުގައި ކްލާސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު އެއް ދުވަހުއެވެ. ކްލާހެއްގެ ދިގުމިނަކީ އެއް ގަޑިއިރެވެ. ހަތަރު މަސް ފަހުން ހަފްތާއަކު އެއް ގަޑިއިރުގެ ދެ ކްލާސް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގްރާމް ހިންގުމުގައި 4 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އިދާރީ ޓީމަކާއިއެކު 6 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އޭގެތެރެއިން ތިން މުދައްރިސުންނަކީ މާސްޓާސް ޑިގުރީ ހާސިލް ކުރައްވާފައިވާ ފަރާތްތަކެވެ. އަނެއް ތިން މުދައްރިސުންނަކީ ޤުރުއާން ހިތުދަސް ހާފިޡުންނެވެ.

މި ޕްރޮގްރާމްގައި ބައިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ފަހު ސަބްމިންޓް ކުރަން ޖެހެއެވެ.

ފޯމް: https://forms.gle/Vqu8oPDDN1FHLsTv6