ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ އެޗްޑީސީގެ ޗެއާމަންގެ މަޤާމުގައި ހުންނެވި އަހުމަދު ޒުހޫރު އެމަޤާމުންނާއި އެޗުޑީސީގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ޒުހޫރު ވަކިކުރި ވަކި ސަބަބެއް ޕީސީބީއަކުން ނުބުނެއެވެ.
ރައީސް ޔާމީންގެ ސަރުކާރު ގައި މިނިސްޓަރު ކަމާއި ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ޒުހޫރު އެޗްޑީސީގެ ޗެއާމަންކަމަށް އައްޔަނުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީގެ ތެރޭގައެވެ.
ޒުހޫރު މި މަގާމުން ވަކިކުރިއިރު، މޯލްޑިވްސް މޭކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ފާތިމަތު ތައުފީޤު (ކުޑީ) ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ. ނަމަވެސް ޕީސީބީ އިން އެކަން އަދި ޔަގީންކޮށެއް ނުދެއެވެ.
މީގެ އިތުރުން ޕީބީސީން އިއްޔެ ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު މަގާމުން އަހްމަދު ސަމާހް ރަޝީދު ވެސް އިއްޔެ ވަކިކޮށްފައެވެ.
އެ މަގާމުން ވަކިކުރި ޝަމާހް މިއަދު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!