12،000 ފްލެޓްގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުއްޔެއް ނުދައްކާ!
ހުޅުމާލޭގައި ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓަށް މީހުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ. އެޗްޑީސީން ހުޅުމާލޭގައި 12،000 އަށްވުރެ ގިނަ ފްލެޓް ބަލަހައްޓަމުންދާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ މައްސަލަ އޭނާ ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒު...