މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ނިންމައިފިއެވެ.

ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މޭ މަހުގެ 10 ވަނަ ދުވަހު، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

Ad
rt

ސްޓެލްކޯއިން ކުރިއަށް ގެންދާ މި ޚާއްސަ ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޭ 10 ގެ ހެނދުނު ⁦‪8:00‬⁩ ން ⁦‪10:00‬⁩ ށް އަދި ހަވީރު ⁦‪16:00‬⁩ ން ⁦‪18:00‬⁩ އަށެވެ.

މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން މިދިޔަ އަހަރުވެސް ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން އެކި ރަށްރަށުގައި ބޭއްވި ކުޑަކުދިންގެ ހަވީރުތަކުގައި ސްޓެލްކޯގެ ސްޓޯލްތައް ކުރިއަަށް ގެންގޮސް، ކުޑަކުދިން ޝައުގުވެރިވާ ފަދަ އުފެއްދުންތަކާއި ގޭމްތައް އިންތިޒާމްކޮށްފައިވެއެވެ.