ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާ އަށް ވާދަކުރާ އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ކެމްޕޭންގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ބައިވެރިވެއްޖެއެވެ.
ސަލަފްގެ ރައީސް ޢަބުދުﷲ މުޙައްމަދު (ޢަބުދުﷲ ބިން ޖަނާބު) ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެ، ނޮޅިވަރަމް ދާއިރާ އަށް ދަތުރެއްކޮށްފައިވާއިރު، ނަޝީދަކީ ސަލަފްގެ ތާއީދު އޮތް ބޭފުޅެއްކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ.
ނަޝީދާއި އެކު އިތުރު ހަތަރު ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރައްވާއިރު ނަޝީދު މިފަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރައްވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.
ނޯޓު: މި ޚަބަރަކީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޚަބަރުތަކާއި މައުލޫމާތު ގެނެސްދިނުމަށް ‘’ތިލަދުން’’ އިން އެކަށަހަޅާފައިވާ ހަމައިގެ މަތީން ޝާޢިއުކޮށްފައިވާ ޚަބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!